ކަލާފާނު ސްކޫލަށް 35 އަހަރު ވުމާއި ގުޅިގެން ޚާއްޞަ ޕެރޭޑެއް މިއަދު މާލޭގައި ބާއްވާ ގޮތަށް އެ ސްކޫލުން ނިންމައިފިއެވެ.
ކަލާފާނު ސްކޫލް ދޮރުމަތިން މިއަދު ހަވީރު 16:30 ގައި ފަށާ މި ޕެރޭޑުގައި ސްކޫލުގެ ޔުނިފޯމް ބޮޑީތައް ކަމަށްވާ ކެޑޭޓް، ބޭންޑާއި ދަރިވަރުންގެ އިތުރުން، ސްކައުޓް، ގައިޑް، ކަބްސްކައުޓް އަދި ލިޓްލް މެއިޑުގައި އުޅޭ ދަރިވަރުން ބައިވެރިވާނެއެވެ
މިއަދުގެ ޕެރޭޑުގައި އެންމެ ހާއްސަ ކަމަކީ ޓީޗަރުންނާއި މުވައްޒަފުންގެ އިތުރުން ސްކޫލުގައި އެކި ބެޗުތަކުގައި މީގެ ކުރިން ކިޔެވި އިސް ދަރިވަރުން ބައިވެރިވުމެވެ.
ކަލާފާނު ސްކޫލްގެ ހާއްސަ ޕެރޭޑުގައި ޖުމްލަ ހަތަރު ތަނަކަށް ޕެރޭޑު މަޑުކުރާނެއެވެ. އަދި ރާއްޖޭގެ މަޝްހޫރުކަން ހޯދާފައިވާ ބުރާސް ބޭންޑުގެ ހުނަރުތައް ދައްކާނެއެވެ. ބުރާސް ބޭންޑަކީ ކަލާފާނުގެ ބޭންޑެވެ.
ޕެރޭޑު މަޑުކުރާ ތަންތަން:
ގަލޮޅު ޕޮލިސް ސްޓޭޝަން - އަމީނީ މަގު
ސްޓޮޕް އެންޑް ޝޮޕް - އަމީނީ މަގު
މާލެ ޕްރިޒަންސް - ބޮޑުތަކުރުފާނު މަގު
ސްވިމިން ޓްރެކް - ބޮޑުތަކުރުފާނު މަގު

މި ޕެރޭޑަކީ މިހާތަނަށް އެ ސްކޫލުން ބާއްވާ އެންމެ ބޮޑު އެއް ހަރަކާތެވެ.
ސްކޫލުގެ އަަހަރީ ދުވަސް ފާހަގަކުރުމަށް މުޅި އަހަަރަށް ބަހައިލައިގެން ޚާއްސަ ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.



