މެދުއިރުމަތީގައި އެމެރިކާ އިން ފެށި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޕެންޓަގަން އިން ހުށަހެޅި ސުލްހައިގެ ޕްލޭނަށް އީރާނުން ރަސްމީކޮށް ދެކޮޅު ހަދައިފި އެވެ.

ޕާކިސްތާނު މެދުވެރިކޮށް އެމެރިކާ އިން ވަނީ މައްސަލަ ހައްލު ކުރުމަށް އީރާނަށް އަޅަފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލާނެ ކަމަށް ބުނެފައެވެ. ބަދަލެއްގެ ގޮތުން އީރާނުން ޔުރޭނިއަމް ތަރައްގީ ކުރުމާއި ދުރުރާސްތާ މިސައިލާއި ބާރުގަދަ ހަތިޔާރުތައް އުފެއްދުން ހުއްޓާލުމަށް އެމެރިކާއިން އެދުނެވެ.

އިރާނުން މި ކަންތަކާއި ދެކޮޅު ހަދަމުން ބުނީ އެ ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ހިފަހައްޓާނީ އެ ޤައުމުން ކަމަށާއި، އީރާނުގެ ކަންކަމުގައި އެމެރިކާ އަށް ގޮތް ކަނޑަނޭޅޭނެ ކަމުގައެވެ. އަދި އެމެރިކާގެ ޑިމާންޑާއި އެއްގޮތަށް މަޝްވަރާކުރަން އެމެރިކާ ފަދަ ޤައުމަކާއި އެއްމޭޒަކަށް ނާރާނެ ކަމަށެވެ.