Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

30 އަހަރުން ދަށުގެ ޒުވާނުންނާއި އަންހެނުންނަށް މަޖިލީހުގެ ވަކި އިންސައްތައެއް ހާއްސަކުރަނީ

30 އަހަރުން ދަށުގެ ޒުވާނުންނާއި އަންހެނުންނަށް މަޖިލީހުގެ ވަކި އިންސައްތައެއް ހާއްސަކުރަނީ

ހައްވާ މިރުފާ
160 ދުވަސް ކުރިން - 25 މާޗް 2026 15:53
ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަވަނީ---ފޮޓޯ:ރައީސް އޮފިސް
ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަވަނީ---ފޮޓޯ:ރައީސް އޮފިސް
ޚުލާސާ

ކޮންމެ ފަސް އަހަރަކުން މަޖިލީހުގެ މެމްބަރުންގެ އަދަދު އިންތިހާއަށް އިތުރުވަމުންދާ ދިއުން ހުއްޓުވުމަކަށް ގެނައުމަށްޓަކައި މެމްބަރުންގެ އަދަދު ވަކި މިންވަރެއްގައި ހިފެހެއްޓުމަށް މަޝްވަރާކުރަމުންދާ ކަމށް ރައީސް ވިދާޅުވި.

ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއް 30 އަހަރުން ދަށުގެ ޒުވާނުންނާއި އަންހެނުންނަށް ހާއްސަކުރުމަށް ސަރުކާރުން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފި އެވެ.

މިދިޔަ ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ދައުލަތުގެ ހިންގުމުގެ ނިޒާމަށް ގިނަ އިސްލާހުތަކެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މަސައްކަތްތައް ރަސްމީކޮށް ކުރިއަށް ގެންދާނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން، ހިޔާލު ހޯދުމުގެ ވޯޓަށް ފަހުގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ކޮންމެ ފަސް އަހަރަކުން މަޖިލީހުގެ މެމްބަރުންގެ އަދަދު އިންތިހާއަށް އިތުރުވަމުންދާ ދިއުން ހުއްޓުވުމަކަށް ގެނައުމަށްޓަކައި މެމްބަރުންގެ އަދަދު ވަކި މިންވަރެއްގައި ހިފެހެއްޓުމަށް ސަރުކާރުން ވަނީ މަޝްވަރާކޮށްފަ އެވެ.

Advertisement

Advertisement 1

"އެއް ކަމަކީ މަޖިލީހުގެ ވަކި އިންސައްތައެއް އެއީ 30 އަހަރުން ދަށުގެ ޒުވާނުން ކަމުގައި ކަނޑައެޅުން. އަދި ވަކި އިންސައްތައެއް އެއީ އަންހެނުން ކަމުގައި ކަނޑައެޅުން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށާއި ސިޔާސީ ހަލަބޮލިކަން ކުޑަކުރުމުގެ މަގްސަދުގައި، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް އަންނަ މަހުގެ ހަތަރުވަނަ ދުވަހު ނެގުމަށް ވެސް ވަނީ ނިންމާފަ އެވެ.

މި ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، ދެ އިންތިހާބު އެއްކޮށްލުމުން އިންތިހާބުތަކާ ގުޅިގެން އުފެދޭ ސިޔާސީ ނުތަނަވަސްކަން ހުއްޓި، ޑިމޮކްރަސީ އިތުރަށް ހަރުދަނާވުމަށް މަގުފަހިވާނެ ކަމަށެވެ. މަޖިލީހުގެ ތެރެއިން އަންހެނުންނާއި ޒުވާނުންނަށް ފުރުސަތުތައް ކަށަވަރުކޮށްދިނުމަކީ ގައުމުގެ މުސްތަގުބަލަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެ އެވެ.

ރައްޔިތުންގެ މަޖިލިސްޒުވާނުންރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

12 ގަޑިއިރު ކުރިން - 16:54

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

12 ގަޑިއިރު ކުރިން - 16:10

ރާއްޖޭގެ ކަނޑުއަޑިން ތެލާއި މައުދަން ހޯދައި ނެގުމަށް ހާއްސަ ގާނޫނެއް ހަދަނީ

ރާއްޖޭގެ ކަނޑުއަޑިން ތެލާއި މައުދަން ހޯދައި ނެގުމަށް ހާއްސަ ގާނޫނެއް ހަދަނީ

15 ގަޑިއިރު ކުރިން - 13:13

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފި

1 ދުވަސް ކުރިން - 18:54

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުުރުމުގެ ބިލު ތަސްދީގުކުރައްވައިފި

1 ދުވަސް ކުރިން - 18:37

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭ ގޮތަށް ޓެކްސް ގާނޫނަށް ގެނެވުނު އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

1 ދުވަސް ކުރިން - 18:26