އިންޑޮނޭޝިއާގެ އެތައް ހާސް ރައްޔިތުންނެއް ރައީސް ޖޯކޯ ވިޑޯޑޯގެ ސަރުކާރާއި ދެކޮޅަށް މަގުތަކަށް ނުކުމެ މުޒާހަރާ ކުރަން ފަށައިފިއެވެ.
މި މުޒާހަރާ ފެށުނީ ސަރަހައްދީ އިންތިހާބުގައި ކުރިމަތިލެވޭނެ އެންމެ ހަނގު އުމުރު ކަމަށް އެގައުމުގެ ދުސްތޫރީ ކޯޓުން މިމަހުގެ 20ވަނަ ދުވަހު ކަނޑައަޅާފައިވާ 30 އަހަރުގެ މައްސަލައިގައި ޖޯކޯގެ ދަރިކަލުންނަށް ކުރިމަތި ނުލެވޭތީވެ އެކަމަށް ގާނޫނު ހަދާ މަޖިލީހުން ދޮރެއް ހުޅުވާލަން ރައީސް ޖޯކޯ ވިޑޯޑޯގެ މަޖިލިސް މެމްބަރުން އިންތިހާބާއިބެގޭ ގާނޫނަށް އިސްލާހު ހުށަހަޅައިގެން އުޅޭތީ އެވެ.
މިހާރު އޮންނަ ގޮތުން ނަމަ ރައީސްގެ ދަރިކަލުންނަށް އިންތިހާބުގައި ކުރަތި ނުލެވޭނެއެވެ. އޭނާގެ އުމުރަކީ 29އެވެ.
ބެލެވޭ ގޮތުގައި ސަރކާރުން މަސައްކަތް ކުރަމުންދަނީ ރައިސްގެ ދަރިކަލުންނަށް ޖާވާގެ ގޮނޑި ހޯދުމަށެވެ.
މުޒާހަރާގައި 300 އަށްވުރެ ގިނަ މީހުން ބަންދުކޮށް، މަޖިލިސް ބޭރުގައި އެއްވެ ތިބި މީހުން ރޫޅާލުމަށް ކަރުނަ ގޭހާއި ޕްރެޝަރުގައި ފެން ޖަހާފައިވެއެވެ
މުޒާހަރާ ކުރިކަމުގައިވިޔަސް ސަރުކާރުން މަސސައްކަތް ކުރަމުންދަނީ މި އިސްލާހު ހުށަހަޅާށެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިންގެ ސަބަބުން އެންމެ ފަހުންވެސް އެކަމަށްތަކައި ބާއްވަން އުޅުނު މަޖިލސް ޖަލްސާގައި ކޯރަމް ހަމަނުވެގެން އެ ޖަލްސާ ޖެހުނީ ހުއްޓާލާށެވެ.
މުޒާހަރާގެ ބައިވެރިން ގޮވަމުންދަނީ އިލެކްޝަންސް ކޮމިޝަނުން މަޖިލީހާ މަޝްވަރާ ކުރުމަށް ފަހު ކޯޓުގެ ހުކުމާ އެއްގޮތަށް ކުރިޔަށް ގެންދިޔުމަށެވެ. އެހެންކަމުން މިހަފްތާތެރޭގައި މިކަމަށް ގޮތެއް ނިންމުމަށް ރާވާފައިވާ ކަމަށް އެކްޓިން ޗީފް މޮޗަމްމަދު އަފީފުއްދީން ވިދާޅުވެއްޖެ އެވެ.



