ސައުދީ، ޑުބާއީ އަދި ޣިރާޤުގައި ތިބި އެމެރިކާގެ ބޭސްތަކަށް މިވަގުތު ޙަމަލާ ދެމުން އެބަދެއެވެ.
މިތަންތަނަށް ޙަމަލާތައް ދޭން މިރޭ ފެށީ އީރާނުން އިޒުރޭލަށް ޙަމަލާ ދޭން ފެށުމާއި އެކު، އެތަންތަނުން އީރާނަށް އަނެއްކާވެސް ޙަމަލާ ދޭން ފެށުމުން ރައްދު ދިނުމުގެ ގޮތުންނެވެ.
އީރާނުން އިއްޔެ ވަނީ ޓެލް އަވިވް ގެ ބައެއް ތަންތަން ހުސްކުރަން އިޒުރޭލަށް ސައުވީސްގަޑިއިރު ދީފައެވެ. ވަގުތު ހަމަވުމާއި އެކު އީރާނުން މިސައިލާއި ޑްރޯނުން ޓެލް އަވިވް އަށް މިރޭ ދަނީ ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ.
މިރޭ މިވަގުތު ޓެލް އަވިވް އަށާއި ޒައެނިސްޓުން ހިފާފައިވާ ސަރަޙައްދުތަކަށް ވެސް ހިޒްބުالله އާއި އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އިން ދަނީ ގުޅިގެން ޙަމަލާތައް ދެމުންނެވެ.










