Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ދިގުރަށު އަލިފާނުގެ ހާދިސާގައި މަރުވި ދެ ބިދޭސީއެއްގެ ހަށިގަނޑު ބަނގުލަދޭޝަށް ގެންދަނީ

ދިގުރަށު އަލިފާނުގެ ހާދިސާގައި މަރުވި ދެ ބިދޭސީއެއްގެ ހަށިގަނޑު ބަނގުލަދޭޝަށް ގެންދަނީ

ހައްވާ މިރުފާ
121 ދުވަސް ކުރިން - 15 މާޗް 2026 15:42
ރާއްޖޭގައި ހުންނަވާ ބަންގްލަދޭޝްގެ ހައިކޮމިޝަނަރު ޑރ. މުޙައްމަދު ނަޒްމުލް އިސްލާމް،  އައިޖީއެމްއެޗްއަށް ޒިޔާރަތްކުރައްވައި، އަނިޔާވި މީހުންގެ ހާލު ބެއްލެވުން---ފޮޓޯ: ބަންގުލަދޭޝް ހައި ކޮމިޝަން
ރާއްޖޭގައި ހުންނަވާ ބަންގްލަދޭޝްގެ ހައިކޮމިޝަނަރު ޑރ. މުޙައްމަދު ނަޒްމުލް އިސްލާމް، އައިޖީއެމްއެޗްއަށް ޒިޔާރަތްކުރައްވައި، އަނިޔާވި މީހުންގެ ހާލު ބެއްލެވުން---ފޮޓޯ: ބަންގުލަދޭޝް ހައި ކޮމިޝަން
ޚުލާސާ

ދިގުރަށު އަލިފާނުގެ ހާދިސާގައި މަރުވި ފަސް މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ބަންގުލަދޭޝްއަށް ގެންދަނީ،އަނިޔާވި ދެ މީހުން ވެންޓިލޭޓަރުގައި،

އދ. ދިގުރަށުގައި އެކޮމޮޑޭޝަން ބުލޮކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއެއްގައި މަރުވި ފަސް ބިދޭސިންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު މިއަދު ބަނގްލަދޭޝަށް ގެންދަން ނިންމައިފި އެވެ.

އަލިފާނުގެ ހާދިސާގައި މަރުވި ފަސް މީހުންގެ ތެރޭގައި ހިމޭނޭ ސާދަރު އަލީ އާއި ޝަފީގުލް އިސްލާމުގެ ހަށިގަނޑު މިއަދުގެ ވަގުތެއްގައި ބަނގްލަދޭޝަށް ގެންދާނެ ކަމަށް، އެ ގައުމުގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައި ކަމަށް ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ ދަ ޑެއިލީ ސްޓާގައި ރިޕޯޓުކޮށްފައިވެ އެވެ.

މިހިތާމެމެރި އަލިފާނުގެ ހާދިސާ ހިނގާފަިއި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު، ހާރު ކެއުމަށް ކާއެއްޗެހި ތައްޔާރުކުރުމަށް އުޅުމުގެ ތެރޭގައި ގޭސް ސިލިންޑަރު ގޮވައިގެންނެވެ. އެ ހާދިސާގައި މަރުވި ހުރިހާ މީހުންނަކީ ބަނގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ.

Advertisement

Advertisement 1

އެ ހާދިސާގައި މަރުވި މިހުންނަކީ :

  1. ރާޖު އުދިން އިސްލާމް
  2. ސާދަރު އަލީ
  3. ރޮބިން މޮއްލާ
  4. ޝަފީގުލް އިސްމާލް
  5. ނޫރްނަބީ ސަރްކާރް

އެ ހާދިސާގައި މަރުވި ފަސް މީހުންގެ އިތުރުން ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބި އަންނަނީ ފަރުވާ ދެމުންނެވެ. މިވަގުތު ފަރުވާ ދެމުން އަންނަ ދެ މީހުންނަކީ ޖަމާލް އުދިން އާއި ސައްދާމް ހޮސެއިން ކިޔާ ދެ މީހުންނެވެ.

އެކަމާ ބެހޭ ގޮތުން އައިޖީއެމްއެޗުން އިއްޔެ ބުނެފައި ވަނީ ފިހިގެން ފަރުވާދެމުން އަންނަ ދެ މީހުންގެ ހާލު ސީރިއަސް ކަމަށެވެ. އަދި އެ ދެ މީހުންނަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށެވެ.

އެގޮތުން ފަރުވާ ހޯދަމުން އަންނަ ދެ މީހުންގެ ހާލު ބެއްލެވުމަށް ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައި ކޮމިޝަނަރު، ޑރ. އެމްޑީ ނަޒްމުލް އިސްލާމު އާއި އިތުރު އޮފިޝަލުން ވަނީ އައިޖީއެމްއެޗަށް ވަޑައިގެން އެމީހުންގެ ހާލު ބައްލަވާފަ އެވެ. އަދި އެ ހާދިސާގައި މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ހުރީ ގަލޮޅު މޯޗަރީގަ އެވެ. އެތަނަށް ވެސް ސަފީރު ޒިޔާރާތްކުރެއްވި ކަމަށް ބަންގުލަދޭޝްގެ ނޫހުގައި ރިޕޯޓުކޮށްފައިވެ އެވެ.

ހަމައެހެންމެ ބަންގުލަދޭޝްގެ ހައި ކޮމިޝަނުން ވަނީ މަރުވި މީހުންގެ އައިލާތަކާއި ގުޅައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފައި ކަމަށް އެ ނޫހުން ބުންޏެވެ. އޭގެ އުތުރުން އަލިފާން ރޯވި ތަނަށް ވެސް ހައި ކޮމިޝަނުގެ އޮފިޝަލުން ވަޑައިނަވާ ބައްލަވާ، އެ ހާދިސާގައި ގެއްލުންވި ބަންގްލަދޭޝްގެ އިތުރު މީހުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައިވެ އެވެ.

އެގޮތުން އެ ހާދިސާއާ ގުޅިގެން މޯލްޑިވިސް ޕޮލިސް ސާވިސުން ފުބުނެފައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ އެރޭ ދަންވަރު 1:57 ހާއިރު ކަމަށެވެ. އަދި 1:58 ގައި ފުލުހުން އެ ސަރަހައްދަށް ދިޔައިރު ބަދިގެ ތެރެއިން ވަރަށް ބޮޑަށް އަލިފާނުގެ އަސަރު ފެންނަމުން ދިޔަ ކަމަށެވެ.

އަދި ގޭތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރަން ފުލުހުންނާއި އާންމުން ގުޅިގެން ގޭގެ ބިތްދޮށު ފާރު ތަޅާލަން ޖެހުނު ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. ނަމަވެސް ފުލުހުން އެތަނަށް ވަތްއިރު ހަބަރު ހުސްވެފައި ތިބި ހަތް މީހަކު ތިބި ކަމަށާއި އަދި އެމީހުން އެ ތަނުން ނެރެ، އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ ފަސް މީހުން އެރުވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުންޏެވެ.

ބަންގްލަދޭޝްއައިޖީއެމްއެޗްމޯލްޑިވްސް ޕޮލިސް ސަރވިސްމަރުއަލިފާންބިދޭސީން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ފުލުހުން ސެޝަނެއް ބާއްވައިފި

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ސެޝަނެއް ބާއްވައިފި

1 ގަޑިއިރު ކުރިން - 10:28

ހޯރަފުށީ ޖޭޖޭ ޔުނިޓްގެ ކުދިންތަކެއް މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

ހޯރަފުށި މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

11 ގަޑިއިރު ކުރިން - 00:36

ފުލުހުންނާ ގުޅިގެން ކަރެކްޝަންސްއިން އައްސޭރި ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

އްސޭރި ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

1 ދުވަސް ކުރިން - 13:45

ބެންކޮކްގެ ބާއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 27 މީހުން މަރުވެއްޖެ

ބެންކޮކްގެ ބާއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 27 މީހުން މަރުވެއްޖެ

1 ދުވަސް ކުރިން - 11:43

މާލޭ ބޭރުމަގުގައި ލޮރީއެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ

މާލޭ ބޭރުމަގުގައި ލޮރީއެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ

2 ދުވަސް ކުރިން - 19:32

ސިވިލް ކޯޓަށް ހާޒިރުކުރުމަށް އެމްޑީޕީ އަންވަރު ހޯދަން ފަށައިފި

ސިވިލް ކޯޓަށް ހާޒިރުކުރުމަށް އެމްޑީޕީ އަންވަރު ހޯދަން ފަށައިފި

2 ދުވަސް ކުރިން - 19:09