މެދުއިރުމައްޗާއި ޤަލްފުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ދެމުންދާ ރައްދު ހަމަލާތަކުގައި އެމެރިކާ ސިފައިންގެ 560 އަށް ވުރެ ގިނަ ސިފައިން މަރާލާފައިވާ ކަމަށް އީރާނާއި އިރާގާ ގުޅިފައިވާ މީޑިއާތަކުން ބުނެފިއެވެ.
އީރާނުގެ އޮފިޝަލުން ވިދާޅުވީ މިހަމަލާތައް އަމާޒުކޮށްފައިވަނީ ޕާޝިއަން ގަލްފް ސަރަހައްދުގައި ހުރި އެމެރިކާގެ މަގާމުތަކަށާއި އެމެރިކާ ސިފައިން ބޭނުންކުރާ އެހެން މަރުކަޒުތަކަށެވެ.
އީރާނުގެ ރިޕޯޓްތަކުން ބުނާ ގޮތުގައި މި އޮޕަރޭޝަންތަކުގެ ސަބަބުން އެތައް ތަނެއްގައި ތިބި އެމެރިކާގެ ސިފައިންނަށާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެއެވެ.
އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕަސް އާއި ގުޅުންހުރި އީރާނުގެ ބައެއް ރިޕޯޓްތަކުން ބުނާ ގޮތުގައި ޒަޚަމް ވި އެމެރިކާ ސިފައިންގެ ޢަދަދު 2000 -3000 ނުވަތަ އެއަށް ވުރެ މަތިވާނެއެވެ.
ނަމަވެސް އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން ވަނީ މި އަދަދުތަކަކީ ޞައްޙަ އަދަދުތަކެއް ނޫންކަމަށް ބުނެ މި ވާހަކަތައް ދޮގުކޮށްފައެވެ. އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުގައި މަރުވި މީހުން ވަރަށް މަދެވެ.










