އެލައިޑް އިންޝުއަރެންސްގެ އިންސްޓަގްރާމް ފޮލޯވަރުންނަށް އަމާޒުކޮށްގެން، އެންމެ ފަހުގެ އައިފޯން 17 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު ހުޅުވާލައި "އެލައިޑް އައިފޯން ޑްރޮޕް" ގެ ނަމުގައި ހާއްސަ ގިވްއަވޭ ކެމްޕެއިނެއް އެ ކުންފުނިން މިއަދު އިއުލާންކޮށްފި އެވެ.
މި ކެމްޕެއިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 10 މާޗު 2026 އިން ފެށިގެން 10 އޭޕްރިލް 2026 ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ގިވްއަވޭގައި ބައިވެރިވުމުގެ ފުރުސަތު އެލައިޑްގެ ހުރިހާ އިންސްޓަގްރާމް ފޮލޯވަރުންނަށް ވަނީ ހުޅުވާލެވިފަ އެވެ.


މި ގިވްއަވޭގައި ބައިވެރިވުމަށް ފުރިހަމަކުރަންޖެހޭ ޝަރުޠުތަކަކީ:
- އެލައިޑް އިންޝުއަރެންސްގެ ރަސްމީ އިންސްޓަގްރާމް ޕޭޖް (@allied.mv) ފޮލޯކުރުން.
- މި ކެމްޕެއިނާ ގުޅޭގޮތުން ކުރެވިފައިވާ ޕޯސްޓުގެ ކޮމެންޓް ސެކްޝަންގައި 6 ރަށްޓެހިން ޓެގްކުރުން.
- އެ ޕޯސްޓު އަމިއްލަ އިންސްޓަގްރާމް ސްޓޯރީގައި ޝެއާ ކުރުން.
އެލައިޑުން މައުލޫމާތު ދޭ ގޮތުގައި، މި ޕްރޮމޯޝަނުގައި ކޮންމެ ކޮމެންޓެއްގައި ވެސް ތަފާތު 6 ފަރާތެއް ޓެގްކުރަން ޖެހޭނެ އެވެ. އަދި ވީހާވެސް ގިނަ ކޮމެންޓްތައް ކުރެއްވުމުން ގުރުއަތުން ހޮވުމުގެ ފުރުސަތު ބޮޑުވެގެންދާނެ އެވެ. މީގެ އިތުރުން، ޕްރައިވެޓް އެކައުންޓް ގެންގުޅުއްވާ ފަރާތްތަކުން ސްޓޯރީއަށް ޕޯސްޓް ކުރުމަށްފަހު، އޭގެ ސްކްރީންޝޮޓެއް އެލައިޑްގެ އިންސްޓަގްރާމް ޑައިރެކްޓް މެސެޖަށް (DM) ފޮނުއްވުމުން ބައިވެރިވުން ކަށަވަރުވާނެ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.
އެލައިޑް އިންޝުއަރެންސްގެ އުންމީދަކީ ވީހާވެސް ގިނަ ބޭފުޅުން މި ކެމްޕެއިނުގައި ބައިވެރިވެ، އެކުވެރިން ޓެގްކޮށް، މި އަގުހުރި ފުރުސަތުގެ ބޭނުންހިފުމެވެ. މިއީ އެލައިޑްގެ ކަސްޓަމަރުންނާއި ފޮލޯވަރުންނާ އޮންނަ ގުޅުން ބަދަހިކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.







