ބުއްއިމެއް ތައްޔާރު ކުރުމަށް ގިތެޔޮ މިރުހެއް ބޭނުންކޮށްފާނެ ކަމަށް ގިނަ މީހުންނަށް ގަބޫލެއް ނުކުރެވޭނެ އެވެ. ނަމަވެސް ތަފާތު އުފެއްދުންތެރި ބުއިމެއް މި ރޯދަ މަހު ތައްޔާރުކޮށްލަން ބޭނުން ނަމަ ގިތެޔޮމިރުސް ފޭރު ކޫލާއަކީ ވަރަށް ސަޅި ބުއިމެކެވެ. މި ބުއިމުގައި ގިތެޔޮމިރުސް އެކުލެވިފައިވީ ނަމަވެސް ، މި ބުއިމަކިން އިންތިހާޔަށް ކުޅި އަދި ދިލަ ބުއިމަކަށް ނުވާނެވެ. އެހެންނަމަވެސް ގިތެޔޮ މިރުހުގެ މީރު ރަހަގަނޑު މި ބުއިމުގައި ހުންނާނެވެ.
ބޭނުންވާނެ ތަކެތި:
- 2 ފޭރު
- 1.5 އެމްއެލްގެ ފެން
- 1 ކުޑަ ޖޯޑުގެ ހަކުރު
- ގިތެޔޮ މިރުހެއް
- ލުނބޯ ފަޅިއެއް
- ކުޑަ ކުޑަ އަސޭ މިރުސްކޮޅެއް
- 5 މިންޓު ފަތް
- އައިސްކުބް
- ސޮޑާ ވޯޓާ ފުޅިއެއް ( ބޭނުން ނަމަ)
ތައްޔާރު ކުރާނެ ގޮތް:
- ފޭރުތައް ކޮށާލާފައި މިކްސަރަށް އަޅައި ރަނގަޅަށް ބުލެންޑު ކޮށްލާށެވެ.
- އެއަށް ފަހު ގިތެޔޮމިރުސް މެދުން ޅިޔައެޅުމަށް ފަހު ޖަގެއް ތެރެއަށް ލާށެވެ.
- ދެން އޭގެ ތެރެއަށް މިންޓު ފަތްތަކާއެކު ކުޑަ ފެން ފޮދެއްގެ ތެރެގައި މިރުހާއި މިންޓުފަތްތައް ކުޑަކޮށް ޗިސްކޮށްލާށެވެ.
- އެއަށް ފަހު ލުނބޯ ފަޅީން ހުތް ފިތާށެވެ.
- ދެން ސޮޑާ ވޯޓާ ، ފޭރު ޖޫސް ، ފެން އަޅާށެވެ.
- ރަހަ ހެޔޮވަރުކޮށް ހަކުރު އަޅައި ގިރާލާށެވެ.
- އެންމެ ފަހުން ގިތެޔޮ މިރުގަނޑު ޖަގު ތެރެއިން ނަގައި ބޭނުން ނަމަ ކުޑަ ކުޑަ އަސޭ މިރުސްކޮޅެއް ލާށެވެ.
# ސަމާލުވޭ: ގިތެޔޮމިރުސް ފޭރު ކޫލާ މާ ގިނަައިން ބުއިމުން މޭ އެންދުމާއި ގޭސްޓްރިކްގެ މައްސަލަށް ކުރިމަތިވެދާނެ އެވެ.










