ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ޗެޗްނިއާއަށް ކުރެއްވި ދަތުރުފުޅުގައި ވެރިރަށް ގްރޮޒްނީގެ “ޕްރޮފެޓް އީސާ” މިސްކިތަށް ވަޑައިގަތުމަށްފަހު ކީރިތި ޤުރުއާން ޚަތިމް ނަންގަވައި އެއަށް ބޮސް ދެއްވައިފިއެވެ.
ޕޫޓިން ދެއަތުން މުޤައްދަސް ފޮތް އުފުއްލާ، ބޮސްދީ ހެދިއިރު ކައިރީގައި ޗެޗެންގެ ރައީސް ރަމްޒާން ކަދީރޯވް އާއި ރޫހާނީ ލީޑަރު މުފްތީ ސަލާހު ވެސް ހުއްޓެވެ.
ޕޫޓިން ޗެޗްނިއާއަށް ކުރައްވާ ދަތުރުފުޅަކީ ރަޝިޔާއަށް ވަރަށް މުހިންމު ދަނޑިވަޅެއް ކަމަށާއި، ޔޫކްރޭންގެ ސިފައިން ކަރސްކް ސަރަހައްދު ހިމެނޭ ގޮތަށް ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާ ދަނޑިވަޅެއް ކަމަށް ހަބަރުތައް ބުނެއެވެ.
ހުޅަނގު ރަޝިޔާގެ އެތައް ސަތޭކަ އަކަމީޓަރުގެ ސަރަހައްދު ޔޫކްރޭން ސިފައިންގެ ބާރުގެ ދަށުގައި އޮތްއިރު، ރަޝިޔާގެ ރައީސް ދާދި ފަހުން އަޒަރުބައިޖާނަށް ކުރެއްވި ދަތުރުފުޅަށް ފަހު ކުރި މި ދަތުރުފުޅަކީ އިސްލާމުންގެ މެޖޯރިޓީ އޮންނަ ޗެޗްނިއާ މުސްލިމުންގެ ތާއީދު ހޯދުމަށް ކުރާ މަސައްކަތެއް ކަމަށް ބުރަވެއެވެ.
ޕޫޓިން އަކީ ކްރިސްޓިއަނެކެވެ. ހުޅަނގުގެ އެއްޖުންސުން ގުޅުން ހުންގުމުގެ ނުބައި ފިކުރާ އެންމެ އިދިކޮޅު އެއް ލީޑަރެވެ. މިމައްސަލައިގައި ހުޅަނގުގެ ސަރުކާރުތަކަށް ޕޫޓިން ރައްދުވެސް ދެއެވެ. އެމީހުންނަކީ ޖަނަވާރުންގެ އުސޫލު ގެންގުޅޭ މުޑުދާރު ބައެއް ކަމަށްވެސް ޕޫޓިން މީގެ ކުރިން ބުނެފައި ވެއެވެ.
ޕޫޓިން ޗެޗްނިއާއަށް ކުރެއްވި ދަތުރުފުޅުގައި ޤުރުއާނަށް ބޮސްދެއްވިއިރު، އޭނާއަކީ އަބަދުވެސް ގުރުއާން ގެންގުޅުއްވާ އަދި ގުރުއާން ވިދާޅުވާ ރައީސެކެވެ.



