މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެފައިވަނީ، ލޭނު މަސްވެރިކަމަކީ ކަނޑުރޯދިން އިޤްތިޞާދީ ގޮތުން ފައިދާ ހޯދުމަށް ކުރެވިދާނެ ވަރަށް މުހިންމު މަސައްކަތެއް ކަމުގައެވެ. މި ވާހަކަފުޅުތައް ވަޒީރު ދެއްކެވީ އިއްޔެ ބޭއްވުނު ނޫސްވެރިންގެ ޚާއްޞަ ބައްދަލުވުމެއްގައެވެ.
ލޭނު މަސްވެރިކަން ހުއްޓާލުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އެއްވެސް އިރެއްގައި އަންގާފައި ނުވާކަމަށާއި އަދި އިތުރަށް ވިދާޅުވި ގޮތުގައި، މި މަސްވެރިކަން މަނާކުރުމަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ނިންމި ސިޔާސީ ނިންމުމެކަމަށްވެސް ވަޒާރު ޝިޔާމް ވަނީ ވިދާޅުވެފައިއެވެ.
މަސްވެރިކަން ކުރުން ހުއްޓާލައިފައި ވީނަމަވެސް، މި މަހުގެ 15 ވަނަ ދުވަހު، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން، ލޭނު މަސްވެރިކަމާ ގުޅޭ ޑްރާފްޓް ގަވާއިދެއް އެކުލަވާލައި، އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލިކަށާއި، މި ގަވާއިދުގެ ދަށުން، ލޭނު މަސްވެރިކަމުގައި އަމާޒުކުރެވޭނީ ލޯބޮޑު ކަންނެލި، ރީނދޫއުރަހަ ކަންނެލި އަދި ހިބަރު ބޭނުމަށެވެ. އަދި ލޭނުގައި ޖެހި މަރުވެފައިވާ މިޔަރު، ޕްރޮސެސްކުރުމަށް ޚާއްސަ ހުއްދައެއްގެ ދަށުން ފުރުސަތު ލިބިގެންދާނެކަމަށެވެ. މި ގަވާއިދާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހުށަހެޅުމަށް، މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު ހަމަވެފައިވާކަންވެސް ވަނީ ފާހަގަކުރައްވާފައިއެވެ.
ވަޒީރު ޝިޔާމް ވިދާޅުވި ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިޤްތިސާދީ މަސައްކަތް ފުޅާކޮށް، ދިވެހިންނަށް ލިބޭ ނަފާ އިތުރުކުރުމަށް މަސައްކަތްކުރަމުން ދާ ކަމަށެވެ. މި ގޮތުން، 24 ޖޫން 2024 ގައި ވަޒީރުންގެ މަޖިލީހުން ލޭނު މަސްވެރިކަމަށް އަލުން ހުޅުވާލުމަށް ނިންމާފައިވާ ކަމަށް ވަޒީރު ޝިޔާމް ހާމަކުރެއްވިއެވެ.
ވަޒީރު ޝިޔާމް އިތުރަށް ވިދާޅުވީ ލޭނު މަސްވެރިކަމުން ގައުމުގެ މާލީ ހާލަތު ރަނގަޅުވެ، މަސްވެރިކަން ސިންދަފާތު ކުރުމަށް އެހީތެރިވާނެ ކަމަށެވެ. ނަމަވެސް، ލޭނު މަސްވެރިކަމަށް ހުޅުވާލާނީ ހުރިހާ އިޖުރާއަތުތަކެއް ފުރިހަމަކުރުމަށްފަހު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މި ނިންމުމަކީ ދިވެހި މަސްވެރިންނަށާއި ޤައުމުގެ އިޤްތިސާދަށް އައު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ. އަދި މިކަމުގެ ސަބަބުން ކަނޑުރޯދިންނަށް އާމްދަނީ އިތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.



