ޔުކްރޭނުން ރަޝިއާގެ ވެރިރަށް މޮސްކޯއަށް ވަރުގަދަ ޑުރޯން ހަމަލާތަކެއް ދީފިއެވެ. މިއީ ރަޝިޔާ އާއި ޔޫކްރޭންގެ ހަނގުރާމަ ފެށުނު ފަހުން ރަޝިޔާގެ ވެރިރަށަށް ދިން އެންމެ ވަރުގަދަ ހަމަލާއެވެ. ކޯޑިނޭޓްކޮށްގެން ދިން ހަމަލާގައި ޑްރޯން ބޭނުންކޮށްފައިވާއިރު، 11 ޑްރޯން ވަނީ ސީދާ މޮސްކޯއަށް އަމާޒުކޮށްފައި ކަމަށް ހަބަރުތައް ބުނެއެވެ.
ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނީ މޮސްކޯއަށް އަމާޒުކޮށްގެން ފޮނުވާލި 11 ޑްރޯން ކާމިޔާބުކަމާއެކު ހުއްޓުވައި ވައްޓާލާފައިވާ ކަމަށެވެ.
އޭގެ އިތުރުން ބްރިޔަންސްކަށް އަމާޒުކޮށްގެން 23 ޑްރޯން، ބިޔެލްގޮރޮދަށް އަމާޒުކޮށްގެން 6 ޑްރޯން، ކަލޫގާއަށް އަމާޒުކޮށްގެން 3 ޑްރޯން އަދި ކޫރްސްކަށް އަމާޒުކޮށްގެން ފޮނުވާލި 2 ޑްރޯން ވެސް ވައްޓާލާފައިވާ ކަމަށެވެ.
މޮސްކޯގެ މޭޔަރު ސާގޭ ސޮބިއަނިން ކަށަވަރުކޮށްދިން ގޮތުގައި ޑްރޯންތައް ވެއްޓިފައިވަނީ ކްރެމްލިންއާ ގާތްގަނޑަކަށް 38 ކިލޯމީޓަރު ދުރުގައި އޮންނަ ސަރަހައްދަކަށެވެ. މިހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މޮސްކޯގެ އިތުރުން ޔޫކްރޭންގެ ސިފައިން ވަނީ ރަޝިޔާގެ ކަރސްކް ސަރަހައްދުގައި އޮޕަރޭޝަންތައް ވަރުގަދަކޮށް، ބޯޑަރު ހުރަސްކޮށް، ރަޝިޔާގެ ރަށްތަކާއި އަވަށްތަކުގެ ކޮންޓްރޯލް އަތުލަން މަސައްކަތްކޮށްފަ އެވެ. އޮގަސްޓް މަހުގެ ކުރީކޮޅުއްސުރެ ޔޫކްރޭންގެ ސިފައިން ވަނީ ކަރސްކްގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައި، 450 އަކަކިލޯމީޓަރުގެ ސަރަހައްދެއްގެ ކޮންޓުރޯލް ނަގާފައެވެ. މި ސަރަހައްދުތައް އަލުން ހޯދުމަށް ރަޝިޔާގެ އަސްކަރިއްޔާއިން ދަނީ ވަރުގަދަ ހަނގުރާމަތަކެއް ކުރަމުންނެވެ.
މީގެ ކުރިން ޔޫކްރޭންގެ ޑްރޯން ހަމަލާތަކުގައި މުހިންމު ގޮތެއްގައި އަމާޒުކޮށްފައި ވަނީ ރަޝިޔާގެ ތެލާއި ގޭހުގެ އިންފްރާސްޓްރަކްޗާ ކަމަށްވާތީ، ދާދި ފަހުން މޮސްކޯއަށް ދިން ހަމަލާތަކަކީ ރަޝިޔާގެ ވެރިރަށް ރަޝިޔާއަށް ސީދާ ހަމަލާ ދިނުމަކީ މަދުން ނޫނީ ނުފެންނަ ހަމަލާއެކެވެ. ހަޅުތާލުތައް ހިންގި ވަގުތާ ދިމާވީ ޗައިނާގެ ބޮޑުވަޒީރު ލީ ކެކިއަންގް މޮސްކޯއަށް ކުރެއްވި ދަތުރުފުޅާ ކަމަށާއި އެތަނުން ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ ބައްދަލުކުރެއްވި ކަމަށެވެ.
ޑްރޯން ހަމަލާތަކަށް ރައްދުދީ، ވްނޫކޯވޯ، ޑޮމޮޑެޑޯވޯ، އަދި ޝެރެމެޓިއެވޯ ފަދަ މޮސްކޯގެ ބައެއް އެއާޕޯޓްތަކުގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލި އެވެ. މި ހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ރަޝިޔާގެ އޮފިޝަލުން ބުނެފައިވާއިރު، ރޮސްޓޮވް ސަރަހައްދަށް އަމާޒުކޮށްގެން ދިން މިސައިލް ހަމަލާތައް ވެސް ހުއްޓުވާފައިވާ ކަމަށް ބުނެފައިވެ އެވެ.
މި ހަމަނުޖެހުން ކުރިއަށްދާއިރު، ރަޝިޔާއިން އަދިވެސް ފޯކަސް ކުރަނީ ޔޫކްރޭންގެ އިރުމަތީ ސަރަހައްދުގައި އިތުރު ސަރަހައްދެއް ހޯދުމަށެވެ. ދާދި ފަހުން މޮސްކޯއަށް ޑްރޯން ހަމަލާތަކާއި ކަރސްކްގައި ހިނގި ވަރުގަދަ ހަނގުރާމަތަކުން ދައްކުވައިދެނީ މިހާރު ހިނގަމުންދާ އުދަނގޫތަކާއި ހަމަނުޖެހުންތައް ގޯސްވަމުންދާ ކަމެވެ.



