Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައީސް މުޢިއްޒުގެ ކެންޑިޑޭޓުންނަށް ކޮލަމާފުށިން އޮތް ބޮޑު ތާއީދު ދައްކާލައިފި

ރައީސް މުޢިއްޒުގެ ކެންޑިޑޭޓުންނަށް ކޮލަމާފުށިން އޮތް ބޮޑު ތާއީދު ދައްކާލައިފި

އައިޝަތު ރުވާ ރިފްޢަތު
185 ދުވަސް ކުރިން - 1 މާޗް 2026 02:01
ކޮލަމާފުށި ރައްޔިތުން ކެމްޕެއިން ހަރަކާތެއްގައި---
ކޮލަމާފުށި ރައްޔިތުން ކެމްޕެއިން ހަރަކާތެއްގައި---
ޚުލާސާ

ކޮލަމާފުށީ ޒުވާނުން ބުނަމުންދަނީ، ރަށުގެ ކުރިއެރުމަށާއި ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރާ އެއްގަލަކަށް އަރާނެ ބަޔަކު ކައުންސިލްގައި ތިބުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނާ ދިމާކޮށް، ސަރުކާރު ހިންގާ ކޮންގްރެސް ކޯލިޝަނުން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް، ގއ. ކޮލަމާފުށީގެ ރައްޔިތުންގެ ފަރާތުން އޮތް ވަރުގަދަ ތާއީދު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ދައްކާލައިފިއެ ވެ.

މި ހަރަކާތަކީ ކައުންސިލް އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރާ ކެންޑިޑޭޓުން ހޮވުމުގެ މުހިންމުކަން ހާމަކުރުމުގެ ގޮތުން އެ ރަށުގައި ކުރިއަށްގެންދިޔަ ހާއްސަ ހަރަކާތެކެވެ. މި ހަރަކާތުގައި ކޮލަމާފުށީގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މަގުތަކަށް ނުކުމެ، ސަރުކާރުގެ ތަރައްގީގެ ތަސައްވުރަށާއި ރައީސް މުޢިއްޒުގެ ކެންޑިޑޭޓުންނަށް އޮތް އިތުބާރު ހާމަކޮށްފަ އެވެ.

ކޮލަމާފުށީގައި ހަރަކާތްތެރިވާ ޕީއެންސީގެ އިސް ފަރާތްތަކުން އިސްނަގައިގެން ކުރިއަށްގެންދިޔަ މި ކެމްޕޭން ހަރަކާތްތަކުގައި، ރަށުގެ ތަރައްގީގެ މަޝްރޫޢުތައް ބާރުމިނުގައި ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ ކައުންސިލެއް އޮތުމުގެ މުހިންމުކަމާ ގުޅޭގޮތުން ވަނީ ވާހަކަދެކެވިފަ އެވެ. ރަށުގެ ރައްޔިތުންގެ ފަރާތުން ފެންނަމުންދާ މި ހޫނު ތަރުހީބަކީ، ރައީސް މުޢިއްޒުގެ ސަރުކާރަށް ކޮލަމާފުށީ ރައްޔިތުން ކުރާ ފުރިހަމަ ތާއީދުގެ ރަމްޒެކެވެ.

Advertisement

Advertisement 1

ކޮލަމާފުށީ ރައްޔިތުން ބުނަމުންދަނީ، ރަށުގެ ކުރިއެރުމަށާއި ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރާ އެއްގަލަކަށް އަރާނެ ބަޔަކު ކައުންސިލްގައި ތިބުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އެހެންކަމުން، ރައީސް މުޢިއްޒުގެ ކެންޑިޑޭޓުން ހޮވުމަށް އެ ރަށުގެ ރައްޔިތުން ތިބީ އަތްގުޅާލައިގެންކަން މި ހަރަކާތުން ވަނީ ސާފުކޮށްދީފަ އެވެ.

ކައުންސިލް އިންތިހާބަކީ ސަރުކާރުގެ ވައުދުތައް ރަށްރަށުގައި ތަންފީޒުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނެ އެއް ތަނބު ކަމަށްވާތީ، މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރު ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ މަސައްކަތް މިހާރު ދަނީ ވަރަށް ބާރަށް ކުރިއަށެވެ.

ގއ. ކޮލަމާފުށިލޯކަލް ކައުންސިލް އިންތިޚާބުރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޝައިޚް ޔޫސުފް ޚަލާވީ އަތުން ލިޔުއްވި މުސްޙަފެއް ރައީސަށް ހަދިޔާކުރައްވައިފި

ޝައިޚް ޔޫސުފް ޚަލާވީ އަތުން ލިޔުއްވި މުސްޙަފެއް ރައީސަށް ހަދިޔާކުރައްވައިފި

11 ގަޑިއިރު ކުރިން - 13:50

އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް، ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް، ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

12 ގަޑިއިރު ކުރިން - 12:54

ރައީސްގެ އިލްތިމާސް: ކުޑަދޮރުތަކާއި ބެލްކަނިތަކުގެ ރައްކާތެރިކަން ކަށަވަރުކުރޭ!

ރައީސްގެ އިލްތިމާސް: ކުޑަދޮރުތަކާއި ބެލްކަނިތަކުގެ ރައްކާތެރިކަން ކަށަވަރުކުރޭ!

13 ގަޑިއިރު ކުރިން - 11:58

އުސް އިމާރާތްތަކާއި މަގުމަތީގެ ސަލާމަތް ޔަގީންކުރަން ގައުމީ ފެންވަރުގައި މަސައްކަތްކުރަން ރައީސް ގޮވާލައްވައިފި

އުސް އިމާރާތްތަކާއި މަގުމަތީގެ ސަލާމަތް ޔަގީންކުރަން މަސައްކަތްކުރަން ރައީސް ގޮވާލައްވައިފި

13 ގަޑިއިރު ކުރިން - 11:56

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

1 ދުވަސް ކުރިން - 16:54

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 16:10