ގ.މޫންލައިޓުން 16 ބިދޭސީން ހައްޔަރުކޮށްފި އެވެ.

އިމިގްރޭޝަންގެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި އޮޕަރޭޝަންގައި ގ. މޫން ލައިޓް ޢިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ވިޔަފާރި އުސޫލުން ކާބޯތަކެތި ތައްޔާރުކޮށް، ބިދޭސީންނަށް ޚާއްޞަކޮށްގެން ކެފޭގެ ޚިދުމަތް ދެމުން ގޮސްފައިވާކަން ފާހަގަކުރެވުނެވެ. އަދި ދެވަނަ ފަންގިފިލާގައި ބިދޭސީންގެ އެކަމަޑޭޝަން ބްލޮކްތަކެއް ހަދައި، ކުއްޔަށް ދޫކޮށްފައިވާކަންވެސް ފާހަގަކުރެވޭ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ މިސަރުކާރުން ސަމާލުކަން ދެމުންދާ މައްސަލައެކެވެ. މިފަދަ އޮޕަރޭޝަންތައް ޤަވާއިދުން ކުރިއަށް ގެންދިއުމަކީ މި މައްސަލަ ޙައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.