Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސީއެންއެން އާއި އެތައް ހާސް ޗެނަލެއްގެ މިލްކުވެރިކަން ބަދަލުވަނީ

ސީއެންއެން އާއި އެތައް ހާސް ޗެނަލެއްގެ މިލްކުވެރިކަން ބަދަލުވަނީ

އައިޝަތު ރުވާ ރިފްޢަތު
181 ދުވަސް ކުރިން - 28 ފެބްރުއަރީ 2026 14:20
ވާނަރ ބްރަދާސް ޑިސްކަވަރީ ވިއްކުމުގެ މި ޑީލަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރްމްޕް ވެސް ޝައުގުވެރިވި ޑީލެއް.
ވާނަރ ބްރަދާސް ޑިސްކަވަރީ ވިއްކުމުގެ މި ޑީލަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރްމްޕް ވެސް ޝައުގުވެރިވި ޑީލެއް.
ޚުލާސާ

ޕެރަމައުންޓް ގްލޯބަލް އިން 111 ބިލިއަން ޑޮލަރު ދިނުމަށް ފަހު ވޯނަރ ބްރަދާސްގެ ދަށުގައިވާ ހުރިހާ ޗެނަލަކާއި އުފެއްދުންތައް މިލްކު ކޮށްލަނީ

ދުނިޔޭގެ މުނިފޫހިފިލުވުމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެ ބޮޑު ދެ ކުންފުނި ކަމަށްވާ ޕެރަމައުންޓް ގްލޯބަލް އާއި ވޯނާ ބްރޯސް ޑިސްކަވަރީ އެއްކޮށްލުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، 111 ބިލިއަން ޑޮލަރުގެ ބޮޑު މުއާމަލާތެއް ކުރުމަށް ތައްޔާރުވެއްޖެ އެވެ. މި އެއްބަސްވުމާއި އެކު ސީ.އެން.އެންގެ ބެލެނިވެރިކަން ލިބޭނީ ޕެރަމައުންޓަށެވެ.

ވާނަރ ބްރަދާސް ޑިސްކަވަރީ ވިއްކުމުގެ މި ޑީލަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރްމްޕް ވެސް ޝައުގުވެރިވި ޑީލެކެވެ.

މިހާރު ސީ.އެން.އެން. ހިންގަނީ 2022 ވަނަ އަހަރު އުފެދުނު އެމެރިކާގެ ވާނަރ ބްރަދާސް އިންނެވެ. އޭގެ ކުރިން ސީ.އެން.އެން. ހިންގީ ޓާނާ ބްރޯޑްކާސްޓިންގެ ދަށުންނެވެ. އެއީ 1980 އިން ފެށިގެންނެވެ.

Advertisement

Advertisement 1

މި ބޮޑު މުއާމަލާތަކީ މުނިފޫހިފިލުވުމުގެ ދާއިރާގައި މިހާތަނަށް ހިންގޭ އެންމެ ބޮޑު އެއް ވިޔަފާރީގެ އެއްބަސްވުމަށް ވެގެންދާނެ އެވެ.

މި މުއާމަލާތުގެ މަގު ފަހިވީ، މީގެ ކުރިން މި ބިޑުގައި ބައިވެރިވި ދުނިޔޭގެ އެންމެ ބޮޑު ސްޓްރީމިންގް ހިދުމަތް ކަމަށްވާ ނެޓްފްލިކްސް އިން އެ ކުންފުނީގެ ހުށަހެޅުން އަނބުރާ ގެންދިއުމާއި ގުޅިގެންނެވެ.

އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، މި އެއްބަސްވުމަކީ ފަހުގެ ތާރީހެއްގައި މީޑިއާ ދާއިރާގައި ހިންގޭނެ އެންމެ ނުފޫޒުގަދަ ބަދަލެވެ. މި ބަދަލާއެކު، ވޯނަރ ބްރަދާސްގެ ދަށުގައިވާ ދުނިޔެއަށް މަޝްހޫރު ހުރިހާ ފިލްމު ސްޓޫޑިއޯތަކާއި، ޓީވީ ޗެނަލްތަކާއި، އަދި އެތައް ހާސް އުފެއްދުންތަކެއްގެ މިލްކުވެރިކަން ޕެރަމައުންޓްގެ ދަށަށް ބަދަލުވާނެއެވެ. މީގެ އިތުރުން ދެ ކުންފުނީގެ ސްޓްރީމިންގް ޕްލެޓްފޯމްތައް އެއްކޮށްލުމަކީވެސް އެކަށީގެންވާ ކަމެކެވެ.

މިފަދަ ބޮޑު ނިންމުމެއް ނިންމަން ޖެހުނު މައިގަނޑު ސަބަބަކީ ވާދަވެރިކަން އިންތިހާއަށް ބޮޑުވެ، ކުންފުނިތަކުގެ ހިންގުމުގެ ހަރަދުތައް އިތުރުވަމުން ދިއުމެވެ. ހާއްސަކޮށް އެޕަލް އަދި އެމެޒޯން ފަދަ ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކުން މި ސިނާއަތަށް ވަދެ، ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންދާތީ، އާދަޔާހިލާފު ބޮޑު މާކެޓް ހިއްސާއެއް ހޯދުމަށް މި ދެ ކުންފުނި އެއްވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ޕެރަމައުންޓުން ދެކެއެވެ.

މި އެއްބަސްވުން ކާމިޔާބުވެއްޖެނަމަ، މިއީ ހޮލީވުޑްގެ ތާރީޚުގައިވެސް ހިނގާ މިފަދަ އެންމެ ބޮޑު މުޢާމަލާތަށް ވެގެންދާނެއެވެ.

މީޑިއާއެމެރިކާބޮލީވުޑް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

12 ގަޑިއިރު ކުރިން - 23:23

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

6 ދުވަސް ކުރިން - 15:57

ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ގެއްލުންދޭ ކަމަށް ބުނެ، އެމެރިކާގެ 30 ސްޓޭޓަކުން މެޓާއާ ދެކޮޅަށް 1 ޓްރިލިއަން ޑޮލަރުގެ ދައުވާއެއް އުފުލައިފި

އެމެރިކާގެ 30 ސްޓޭޓަކުން މެޓާއާ ދެކޮޅަށް ޓްރިލިއަން ޑޮލަރުގެ ދައުވާއެއް އުފުލައިފި

10 ދުވަސް ކުރިން - 17:33

އީރާނަށް ބޮންއަޅަން ޓްރަމްޕާ އާދޭސްކުރުމުން ދ.ކޮރެއާއިން އެއްބާރުލުން ނުދިން

އީރާނަށް ބޮންއަޅަން ޓްރަމްޕާ އާދޭސްކުރުމުން ދ.ކޮރެއާއިން އެއްބާރުލުން ނުދިން

12 ދުވަސް ކުރިން - 11:18

ސައުދީން އެމެރިކާ އާއި ގުޅިގެން އިރާގުގައި ތިބި އިރާނަށް ތާއީދުކުރާ މިލިޝިއާތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި

ސައުދީއާއި އެމެރިކާ ގުޅިގެން އިރާގުގައި ތިބި އީރާނަށް ތާއިދުކުރާ މިލިޝިއާތަކަށް ހަމަލާދީފި

30 ދުވަސް ކުރިން - 17:45

މަމްދާނީ އަށް ގޮންޖަހާލައި، އދ. ގެ ބައްދަލުވުމަށް ދާނެ ކަމަށް ނަތަންޔާހޫ ބުނެފި

މަމްދާނީ އަށް ގޮންޖަހާލައި، އދ.ގެ ބައްދަލުވުމަށް ދާނެ ކަމަށް ނަތަންޔާހޫ ބުނެފި

31 ދުވަސް ކުރިން - 12:57