ކުރިޔަސް އޮތް 10މަސްތެރޭ 10 އަހަރުދުވަހުގެ ހުއްދައާއިއެކު ރާއްޖޭގައި ހެލިކޮޕްޓަރު ދުއްވުމުގެ ހުއްދަ ދޭނެކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ވިދާޅުވީ މި ހުއްދައަކީ އެކްސްކްލޫސިވް ހުއްދައެކެވެ. މިހާރުވެސް މި ހިދުމަތްތައް ފޯރުކޮށްދިނުމަށް ދުނިޔޭގެ ފާހަގަކޮށްލެވޭ 36 ކުންފުންޏަކުން އެޕްލައިކޮށްފައިވާއިރު، ސެލެކްޝަންގެ މަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ.
މިނިސްޓަރު ވިދާޅުވީ އާ ހެލިކޮޕްޓަރުގެ ހިދުމަތް ބަހާލެވިފައިވަނީ 3 މަރުޙަލާއަކަށެވެ. ފުރަތަމަ މަރުހަލާގައި ހިދުމަތްދޭ ފަރާތްތައް ފައިނަލްކޮށް ލައިސަންސް ދޫކުރާއިރު، 6-8 މަސް ދުވަހުގެ ތެރޭގައި "އެއާ އޮޕަރޭޓަރު ސެޓްފިކެޓެއް" ހިމެނޭނެ ކަމަށް ބެލެވެ އެވެ. އެ ކުންފުނިތަކުން މެޑިކަލް އެމަޖެންސީތަކާއި ރެސްކިއު އޮޕަރޭޝަންތައް ފަދަ ސަރުކާރާ ގުޅުންހުރި ހަރަކާތްތަކަށް ވަކި ގަޑިތަކެއް ޚާއްސަކުރަން ޖެހޭނެ އެވެ.
މިއީ ރާއްޖޭގައި އެންމެ ފަހުން 1990 ގެ އަހަރުތަކުގެ ފަހުކޮޅު ހަމިންބާޑްގެ ނަމުގައި ހިންގި ހެލިކޮޕްޓަރުގެ ހިދުމަތް އާލާވުމެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 10 މަސް ދުވަހުގެ ތެރޭގައި އާ ހިދުމަތްތައް ފަށައިގަތުމެވެ.



