ކ. ތިލަފުށީގައި ހުންނަ މެރިންޑޯ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ބުނީ ކ. ތިލަފުށީގެ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގަމުންދާ ކަމަށާއި، މި ހާދިސާ ރިޕޯޓު ކުރުމާއެކު އަލިފާން ނިއްވުމުގެ މަސައްކަތް އެ ރަށުގައި ހުންނަ އެމްއެންޑީއެފްގެ ފަޔަރ ރެސްކިއު ޓީމުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ތިލަފުށީގައި މަސައްކަތްކުރާ ބަޔަކު ބުނިީ އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރެމުންދާ ކަމަށާއި ގުދަނާއި ޖެހިގެން ހުރި އެހެން އިމާރާތަކަށް ވެސް އަލިފާނުގެ އަސަރު މިހާރު ކޮށްފައިވާ ކަމަށެވެ.
އެމްއެންޑީއެފް އިން އަލިފާން ކޮންޓްރޯލު ކުރުމަށް ދެ ވެހިކަލް ބޭނުން ކުރަމުންދާތަން މީސް މީޑިއާގައިވާ ވީޑިއޯތަކުން ފެނެއެވެ.

ރާއްޖޭގައި މިފަދަ ހާދިސާއެއް ނުހިނގާތާ ދުވަސްތަކެއް ވެއްޖެއެވެ. ތިލަފުށީގައި މިފަދަ ހާދިސާއެއް ހިނގަން މެދުވެރިވާންވީ ސަބަބެއް އަދި ސާފެއް ނުވެއެވެ.



