Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސައޫދީ ސަރުކާރުން ރާއްޖެއަށް 15 ޓަނުގެ ކަދުރު ހަދިޔާކޮށްފި

ސައޫދީ ސަރުކާރުން ރާއްޖެއަށް 15 ޓަނުގެ ކަދުރު ހަދިޔާކޮށްފި

އައިޝަތު ރުވާ ރިފްޢަތު
143 ދުވަސް ކުރިން - 23 ފެބްރުއަރީ 2026 20:44
ސައޫދީ ސަރުކާރުން އިސްލާމިކް މިނިސްޓްރީއަށް 15 ޓަނުގެ ކަދުރު ހަވާލުކުރުން---
ސައޫދީ ސަރުކާރުން އިސްލާމިކް މިނިސްޓްރީއަށް 15 ޓަނުގެ ކަދުރު ހަވާލުކުރުން---
ޚުލާސާ

ކޮންމެ އަހަރަކުވެސް ރާއްޖެއަށް ގިނަ އަދަދަކަށް ކަދުރު ހަދިޔާކުރާއިރު، ނިމިދިޔަ އަހަރުވެސް އެ ގައުމުން ވަނީ 60 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށްފައިވޭ.

ސައޫދީ އަރަބިއްޔާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި 15 ޓަނުގެ ކަދުރު، މިއަދު އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި، މިއަދު ހަވާލުކުރި 15 ޓަނުގެ ކަދުރަކީ ސީދާ އެ މިނިސްޓްރީއަށް ހަދިޔާކުރި މިންވަރެކެވެ. މީގެ އިތުރުން، ރާއްޖޭގެ އާންމު ރައްޔިތުންނަށް ބެހުމަށްޓަކައި ސައުދީ ސަރުކާރުން ހަދިޔާކުރާ 50 ޓަނުގެ ކަދުރުގެ ބޮޑު ޝިޕްމަންޓެއް މިހާރު ރާއްޖެއަށް އައުމުގެ މަގުމަތީގައިވާ ކަމަށްވެސް އެ މިނިސްޓްރީން ހާމަކުރެއެވެ.

އިސްލާމީ މިނިސްޓްރީން ވިދާޅުވީ، 50 ޓަނުގެ ކަދުރު ޝިޕްމަންޓް ލިބުމާއެކު، މާލެއާއި އަތޮޅުތަކުގެ ރަށްރަށުގައި އާންމުންނަށް ކަދުރު ބެހުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ފެށިގެންދާނެ ކަމަށެވެ. މިއީ ރަމަޟާން މަހާ ދިމާކޮށް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ އެހީތެރިކަމެކެވެ.

Advertisement

Advertisement 1

ސައުދީ އަރަބިއްޔާއަކީ ކޮންމެ އަހަރަކުވެސް ރާއްޖެއަށް ދީނީ އަދި އިޖުތިމާއީ ގޮތުން ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުންދާ ގައުމެކެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ރާއްޖެއަށް ގިނަ އަދަދަކަށް ކަދުރު ހަދިޔާކުރާއިރު، ނިމިދިޔަ އަހަރުވެސް އެ ގައުމުން ވަނީ 60 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށްފައެވެ.

ރާއްޖެއާއި ސައޫދީ އަރަބިއްޔާއާ ދެމެދު އޮންނަ ގާތް ގުޅުމުގެ ތެރެއިން، މި ސަރުކާރުން ދަނީ އިސްލާމީ ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަމުންނެވެ.

ސައޫދީ އަރަބިއާމިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްރަމަޟާން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސައުދީއާއި ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރުން ބައްދަލުކުރައްވައި، ދިފާއީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ސައުދީއާއި ރާއްޖެއާ ދެމެދު ދިފާއީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

16 ދުވަސް ކުރިން - 22:38

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލަކުގެ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

20 ދުވަސް ކުރިން - 20:02

ވޯލްޑް ކަޕް: ރޭ ކުޅުނު ހުރިހާ މެޗެއް އެއްވަރުވެ، ގްރޫޕްތަކުގެ ވާދަވެރިކަން ބޮޑުވެއްޖެ

ރޭ ކުޅުނު ހުރިހާ މެޗެއް އެއްވަރުވެ، ގްރޫޕްތަކުގެ ވާދަވެރިކަން ބޮޑުވެއްޖެ

30 ދުވަސް ކުރިން - 12:14

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ހައްޖުވެރިން މިރޭ އަރަފާތަށް ދަތުރު ފަށަނީ

ހައްޖުވެރިން މިރޭ އަރަފާތަށް ދަތުރު ފަށަނީ

52 ދުވަސް ކުރިން - 21:40

ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރެވިދާނެ ކަމުގެ އުންމީދާ އެކު ތެލުގެ އަގު ދަށަށް ހިނގައްޖެ

ތެލުގެ އަގު ދަށަށް ހިނގައްޖެ

52 ދުވަސް ކުރިން - 16:42

ދިވެހި ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

63 ދުވަސް ކުރިން - 14:22