.އިންޑިއާގައި ޑޮކްޓަރަކު ރޭޕްކޮށްލުމަށްފަހު މަރާލި ހާދިސާއާއި ގުޅިގެން މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން، އެމްއެމްއޭއިން ކަންބޮޑުވުން ފާޅުކޮށް، އެމައްސަލަ އަވަސް އަދި ޢަދުލުވެރި ތަޙްޤީޤެއް ހިންގުމަށް ގޮވާލައި ބަޔާނެއް ނެރެފިއެވެ،
އެ ބަޔާނުގައި އެ ހާދިސާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް މި ހާދިސާއަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށް އެސޯސިއޭޝަނުން ފާހަގަކޮށްފައިވެއެވެ.
އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި މަރުޙޫމާގެ ޢާއިލާއަށް ތަޢުޒިޔާ ރައްދުކޮށްފައިވެއެވެ.
މީގެއިތުރުން، މެޑިކަލް ފަންނުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކޮށް، އެއް މުޖުތަމަޢެއްގެ ގޮތުގައި އެކަކު އަނެކަކަށް އެހީތެރިވެ، އޯގާތެރިކަމާއި ޢަދުލު އިންޞާފު ދެމެހެއްޓުމަށް އަޒުމު ކަޑައުޅުމަށް ބަޔާނުގައި ގޮވާލައިފައިވެއެވެ.
އެސޯސިއޭޝަނުން ވަނީ އިންސާނިއްޔަތަށް ޚިދުމަތްކުރުމުގެ މަޤްޞަދު ދެމެހެއްޓުމަށް އަޒުމު ކަނޑައަޅާފައެވެ. އަދި މަރުޙޫމާގެ ހަނދާން ދާއިމަށް ހިތުގައި ބަހައްޓާނެކަމަށާއި، ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރާނެ ކަމަށާއި، ހުރިހާ ބާވަތެއްގެ އަނިޔާވެރިކަމަކާ ދެކޮޅަށް ޢަޒުމާއެކު ދެމިތިބޭނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައިވެއެވެ.



