Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސިއްހީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 ޝަހްސިއްޔަތުގެ ތެރޭގައި ރައީސް ޑރ. މުޢިއްޒު

ސިއްހީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 ޝަހްސިއްޔަތުގެ ތެރޭގައި ރައީސް ޑރ. މުޢިއްޒު

މުޙައްމަދު ޖިނާން ހުސައިން ޖަބީން
198 ދުވަސް ކުރިން - 12 ފެބްރުއަރީ 2026 17:22
ރައީސް މުއިއްޒު--- ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު--- ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ދުންފަތާއި ދެކޮޅަށް ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރައްވައި، މިދިޔަ އަހަރު، ޑަބްލިޔުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް، ޑރ. ޓެޑްރޯސް އަދަނޯމް ގެބްރިޔޭސުސްގެ ފަރާތުން، ރައީސަށް ވަނީ އެވޯޑެއް ވެސް އަރުވާފަ.

ސިއްހީ ދާއިރާއިންމި އަހަރު ހޮވި ދުނިޔޭގެ އެންމެ ނުފޫޒުގަދަ 100 ޝަހްސިއްޔަތުގެ ތެރޭގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގެންފި އެވެ.

ޓައިމް މަޖައްލާއިން ރައީސަށް މި ޝަރަފު ލިބިވަޑައިގެންފައި ވަނީ، އާންމު ސިއްހަތު ކުރިއެރުވުމަށާއި، ބަލިތަކުން ރައްކާތެރި ވެއްޓެއް ގާއިމުކުރެއްވުމަށް، އެ މަނިކުފާނު ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކާއި، އެ މަނިކުފާނު ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެ ސަބަބުންނެވެ.

އެގޮތުން، އެ މަޖައްލާ އިން ވަނީ، ބަލިތަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދެއްވާފައިވާ މި ސަރުކާރުގެ ސިއްހަތާބެހޭ ސިޔާސަތުތަކާއި، ރައީސްގެ އިސްނެންގެވުމުގެ ދަށުން، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އަޅުއްވާފައިވާ ފިޔަވަޅުތައް ފާހަގަކޮށްފަ އެވެ. މީގެ ތެރޭގައި، ޖެނުއަރީ 2007ގެ ފަހުން އުފަންވާ އެއްވެސް މީހަކަށް ދުންފަތުގެ އުފެއްދުންތައް ވިއްކުމާއި ގަތުން މަނާކޮށް ތަންފީޒު ކުރައްވާފައިވާ ޖެނެރޭޝަނަލް ބޭންއާއި، ވޭޕްއާއި އީ ސިގިރޭޓު އެތެރެކޮށް، ވިއްކައި، ބޭނުންކުރުން މަނާކުރުން ހިމެނެ އެވެ.

Advertisement

Advertisement 1

ޓައިމް މަޖައްލާއަށް ދެއްވި ބަސްދީގަތުމުގައި ރައީސް ވަނީ، މީގެ ކުރިން ރާއްޖޭގެ ސިއްހީ ސިޔާސަތުތައް ބިނާކޮށްފައި ހުރީ، ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމުގެ ބަދަލުގައި، ބަލިޖެހުމުން ފަރުވާދިނުމުގެ މައްޗަށް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މި ސަރުކާރުން މަސައްކަތް ކުރަނީ، ބަލިތަކުން ރައްކާތެރި ވުމަށާއި ފަރުވާ ދިނުމަށް ހަމަހަމަ ސަމާލުކަމެއް ދެއްވުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ސިއްހީ ދާއިރާއިން އަޅުއްވާފައިވާ މުހިންމު ފިޔަވަޅު ތަކުގެ ތެރޭގައި، ރައީސްގެ އިރުޝާދުގެ މަތިން ރާއްޖޭގެ ކޮންމެ ރަށެއްގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކްތައް ވަނީ ގާއިމުކޮށްފަ އެވެ. މީގެ އިތުރުން، 2026 ވަނަ އަހަރުން ފެށިގެން 24 ގަޑިއިރު ހިދުމަތްދޭ ނަފްސާނީ ސިއްހަތުގެ ހެލްޕްލައިނެއް ވެސް ވަނީ ތައާރަފުކޮށްފަ އެވެ. އަދި، މައިމީހާގެ ފަރާތުން ބަނޑުގައި އޮންނަ ދަރިފުޅަށް، އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ބަލި އެރުން ނައްތާލި ފުރަތަމަ ގައުމުގެ ޝަރަފު ވެސް ރާއްޖެއިން ވަނީ މިދިޔަ އަހަރު ހޯދައިފަ އެވެ.

މި ހުރިހާ ފިޔަވަޅުތަކެއް އެކުއެކީގައި ކުރެއްވުމުގެ މަގުސަދަކީ، ރާއްޖޭގެ ސިއްހީ ދާއިރާ އަށާއި، ދިވެހީންގެ ދިރިއުޅުމުގެ ވައްޓަފާޅި އަށް، މާނަހުރި، މިންކުރެވޭ ފަދަ، އަދި ވިލުންތެރި ކުރިއެރުންތަކެއް ހޯދުން ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ހަބަރާއި މައުލޫމާތުގެ ދާއިރާއިން ނަން މަޝްހޫރު ޓައިމް މަޖައްލާގެ 2026 ވަނަ އަހަރު ސިއްހީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 ޝަހްސިއްޔަތުގެ ތެރޭގައި ހިމެނިވަޑައިގެންފައި ވަނީ، ސިއްހީ ދާއިރާގައި ސިޔާސަތު ކަނޑައަޅުއްވާ ފަރާތްތަކާއި، ދިރާސާވެރިންނާއި، އީޖާދީ މަސައްކަތްތައް ކުރާ ފަރާތްތަކުގެ ތެރެއިން، އެ ފަރާތްތަކުގެ މަސައްކަތްތަކުގެ ސަބަބުން ސިއްހީ ދާއިރާގައި މިންކުރެވޭ ފަދަ ނަތީޖާތައް ދައްކަވާފައިވާ އަދި މާނަވީ ބަދަލުތަކެއް ގެނެސްދެއްވާފައިވާ ފަރާތްތަކެވެ.

ދުންފަތާ ދެކޮޅަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވައި، 2025 ވަނަ އަހަރު، ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާގެ ޑިރެކްޓާ ޖެނެރަލް، ޑރ. ޓެޑްރޯސް އަދަނޯމް ގެބްރިޔޭސުސްގެ ފަރާތުން، އެ އަހަރުގެ ވޯލްޑް ނޯ ޓޮބެކޯ ޑޭއާ ގުޅިގެން، އެ މަނިކުފާނަށް ހާއްސަ އެވޯޑެއް ވެސް އަރުވާފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިންޖިނީރިންގއަކީ ކަމެއްވުމާއި ނުވުމާ ދެމެދުގެ ފަރަގު: ހައުސިން މިނިސްޓަރު

އިންޖިނީރިންގްއަކީ ކަމެއްވުމާއި ނުވުމާ ދެމެދުގެ ފަރަގު: ހައުސިން މިނިސްޓަރު

2 ގަޑިއިރު ކުރިން - 11:32

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

22 ގަޑިއިރު ކުރިން - 15:20

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

1 ދުވަސް ކުރިން - 08:31

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

2 ދުވަސް ކުރިން - 14:15

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

3 ދުވަސް ކުރިން - 10:37

ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ: ރައީސް

“ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ”

3 ދުވަސް ކުރިން - 10:22