ދުނިޔޭގެ އެންމެ ދުވަސްވީ މީހާގެ ލަގަބު ޖަޕާނުގެ އަންހެނަކަށް ލިބިއްޖެއެވެ. ޖަޕާނުގެ އަޝިޔާ ސިޓީގެ 116 އަހަރުގެ ތޮމިކޯ އިތޫކާ ދުނިޔޭގެ އެންމެ ދުވަސްވީ ދިރިހުރި އިންސާނާގެ ގޮތުގައި ކަނޑައެޅޭނެކަމަށް ޖެރޮންޓޮލޮޖީ ރިސާރޗް ގްރޫޕުން ހާމަކޮށްފިއެވެ. މި މަޤާމު އިތޫކާއަށް ލިބުނީ ކުރިން މި މަޤާމުގައި ހުރި ސްޕެއިންގެ 117 އަހަރުގެ މާރިއާ ބްރަންޔަސް މޮރޭރާ ހޯމަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ. މާރިއާ ބްރަންޔަސް އަވަހާރަވީ އޭނާ އެދުނު ގޮތަށް، ނިދާފައި އޮއްވާ، ހިތްހަމަޖެހުމާއެކު އަދި ވޭނެއް ނެތިކަމަށް އާއިލާއިން ބުނެފައިވެއެވެ.
އިތޫކާ އުފަންވެފައިވަނީ 1908 ވަނަ އަހަރުގެ މެއި 23 ވަނަ ދުވަހު އޮސާކާގައެވެ. 20 އަހަރު އުމުރުގައި ކައިވެނިކޮށް، އޭނާއަށް 4 ދަރިން ލިބިފައިވެއެވެ. ހަނގުރާމައިގެ ދުވަސްވަރު، އޭނާ ދެކުނު ކޮރެއާގައި ފެކްޓަރީއެއް ހިންގިއެވެ. 2023 ގެ ޑިސެމްބަރު މަހުން ފެށިގެން އިތޫކާއަކީ ޖަޕާނުގެ އެންމެ ދުވަސްވީ މީހާކަން ފާހަގަ ކޮށްލެވެއެވެ.


