ބިދޭސީން ހިންގާ ބައެއް ސައި ހޮޓާ އަދި ކެފޭތަކުގައި ބިލެތް ހުނީގެ ބަދަލުގައި ކޯނިސް ޕައުޑަރު ދޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މެސެޖެއްގައި ބުނެފައިވަނީ ބިދޭސީން ހިންގާ ކަންމަތީ ކެފޭ، ރެސްޓޯރަންޓް، ހޮޓާ، މާރުކޭޓު ގޮޅިތަކުގައި ބިލެތް ހުނީގެ ނަމުގައި ކޯނިސް ޕައުޑަރު ދެމުން އަންނަ ކަމަށެވެ.

ކޯނިސް ޕައުޑަރަކީ ސީލިންގ ކުރާއިރު ބޭނުންކުރާ ހުދު ޕުޓީއެކެވެ. ދުފާއިރު ބިލެތް ހުނި ގިނައިން ބޭނުންކުރާ މީހުންނަށް މި ބޭނުންކޮށްގެން ފިޓު ޖެހި، އޮށްދާ ހިއްލާ، ހިތުގެ ހިނގުން އަވަސްވުން ފަދަ މައްސަލަތައް ދިމާވެއެވެ.

މިކަމާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީން މިއަދު ބުނެފައިވަނީ އެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

މި މައްސަލަ ފެންމަތިވެފައި މިވަނީ ބުޅާ މަސް އަޅައިގެން ކާބޯތަކެތި ތައްޔާރުކޮށްގެން ވިއްކި ބިދޭސީއެއްގެ މައްސަލައެއްވެސް ފެންމަތިވެފައި ވަނިކޮށެވެ.

ފުލުހުން މިހާރު ވަނީ އެކަން ކުރި ބިދޭސީ މީހާ ހައްޔަރުކޮށް އިމިގްރޭޝަނާ ޙަވާލުކޮށްފައެވެ.