Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޗާގޯސް މައްސަލާގައި ރާއްޖެއިން އަމަލުކޮށްފައިވަނީ އެމެރިކާ އަދި އިނގިރޭސިންގެ ރުހުމާއެކުގައިކަމަށް ވެދާނެ: ނަޝީދު

ޗާގޯސް މައްސަލާގައި ރާއްޖެއިން އަމަލުކޮށްފައިވަނީ އެމެރިކާ އަދި އިނގިރޭސިންގެ ރުހުމާއެކުގައިކަމަށް ވެދާނެ: ނަޝީދު

މުޙައްމަދު ޖިނާން ހުސައިން ޖަބީން
165 ދުވަސް ކުރިން - 6 ފެބްރުއަރީ 2026 22:26
ޗާގޯސް އާކިޕެލެގޯގައި ހިމެނޭ ޑިއޭގޯ ގާސިއާ--- ފޮޓޯ: ގެޓީ އިމޭޖެސް
ޗާގޯސް އާކިޕެލެގޯގައި ހިމެނޭ ޑިއޭގޯ ގާސިއާ--- ފޮޓޯ: ގެޓީ އިމޭޖެސް
ޚުލާސާ

ނަޝީދު މި މޭރުމުން ވިދާޅުވީ، ޗާގޯސް މޮރިޝަސްއަށް ދިނުމަށް ތާއީދުކުރާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނުމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި.

ޗާގޯސް މައްސަލާގައި ދިވެހިރާއްޖެއިން އަމަލުކޮށްފައިވަނީ އެމެރިކާ އަދި އިނގިރޭސިންގެ ރުހުމާއެކުގައި ކަމަށް ވެދާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މި މޭރުމުން ވިދާޅުވީ، ޗާގޯސް މޮރިޝަސްއަށް ދިނުމަށް ތާއީދުކުރާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނުމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ. އެކްސްގައި ކުރެއްވި ޕޯސްޓުގައި ނަޝީދު ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިނގިރޭސިވިލާތާއި ޗާގޯސްގެ އެގްރީމެންޓަށް އެއްބަސްވެފައިވަނީ، ޗާގޯސް މޮރިޝަސްއަށް ދިނުމަށް ނޫން ކަމަށް އެކަށީގެންވާ ކަމަށެވެ.

Advertisement

Advertisement 1

ނަޝީދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ދައުވާ ބަލަންޖެހޭ ކަމަށް އެމެރިކާ އަދި އިނގިރޭސިންނަށް މިހާރު ބުނެވޭނެ ކަމަށެވެ. އެހެންކަމުން ޗާގޯސް މޮރިޝަސްއަށް ދެވެން ނެތް ކަމަށް ވެސް އެމެރިކާ އަދި އިނގިރޭސިންނަށް ބުނެވޭނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

"ރާއްޖޭގެ ކޯސްޓުގާޑު އަމަލުކޮށްފައި އެވަނީ، އެމެރިކާ އަދި އިނގިރޭސިންގެ ރުހުމާއެކުގައި ކަމަށް ވެދާނެ". ނަޝީދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.

ނަޝީދު މި މޭރުމުން ވިދާޅުވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ އިއްވި ރިޔާސީ ބަޔާނުގައި ވިދާޅުވީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުން ދޫކޮށްލި ކަނޑުގެ ސަރަހައްދު އަލުން އަނބުރާ ހޯދުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްއަށް ފޮނުވާފައިވާ ސިޓީ އަނބުރާ ގެނައުމަށް މި ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އިއްޔެގެ ވަގުތެއްގައި އެ ސިޓީ އަނބުރާ ގެންނަކަން އަންގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވާ ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސޮއިކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ ދެކުނު ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ގެއްލޭގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމި ނިންމުމަކީ ގަބޫލުކުރެވޭނެ ނިންމުމެއް ނޫން ކަމަށެވެ. އަދި ދިވެހީންގެ އިމުން ޒައްރެއްގެ މިންވަރު ވެސް ދޫކޮށްލުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން 22 އޮގަސްޓު 2022 ވަނަ ދުވަހު މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުއްވި ސިޓީގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ސަރަހައްދަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް ބައިނަލްއަގުވާމީ މާހިރުން ލަފާދީފައިވާ ކަމަށެވެ.

ރައީސް މުޙައްމަދު ނަޝީދުއެމެރިކާއިނގިރޭސީވިލާތްމޮރިޝަސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އާޖެންޓީނާ ސަޕޯޓަރުން އިނގިރޭސި ދިދައަށް އިހާނެތިކޮށް ހިތި ވީޑިއޯތަކެއް އާންމުވެއްޖެ

އާޖެންޓީނާ ސަޕޯޓަރުން އިނގިރޭސި ދިދައަށް އިހާނެތިކޮށް ހިތި ވީޑިއޯތަކެއް އާންމުވެއްޖެ

5 ދުވަސް ކުރިން - 19:57

ފައުލް ގޯންޏެއްގެ ރެކޯޑާއި އެކު އާޖެންޓީނާ ފައިނަލަށް

ފައުލް ގޯންޏެއްގެ ރެކޯޑާއި އެކު އާޖެންޓީނާ ފައިނަލަށް

6 ދުވަސް ކުރިން - 02:25

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

7 ދުވަސް ކުރިން - 17:03

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

8 ދުވަސް ކުރިން - 01:08

ޣައްޒާ ސަރުކާރު އުވާލައި އެމެރިކާގެ “ސަރުކާރެއް” އެކުލަވާލަނީ

ޣައްޒާ ސަރުކާރު އުވާލައި “އެމެރިކާގެ” ސަރުކާރެއް އެކުލަވާލަނީ

10 ދުވަސް ކުރިން - 11:26

ވޯލްޑް ކަޕް ފައިނަލްގެ 1،200 އަށްވުރެ ގިނަ ޓިކެޓް އަދިވެސް ވިއްކަން އެބަހުރި، އެންމެ އަގުބޮޑު ޓިކެޓު 34,500 ޑޮލަރަށް!

ފައިނަލް މެޗުގެ 1،200 އަށްވުރެ ގިނަ ޓިކެޓް އަދިވެސް ވިއްކަން އެބަހުރި

11 ދުވަސް ކުރިން - 01:27