ނިމިދިޔަ 2025 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ތަފާތު ދެއްކި އަހަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، މިއަދު ދެއްވި ރިޔާސީ ބަޔާނުގައި ފާހަގަ ކުރައްވައިފިއެވެ. އެމަނިކުފާނުގެ ޚިޠާބުގައި، ފަތުރުވެރިކަމުގެ އަމާޒުތައް ފާހަގަކުރައްވައި، މިދިޔަ އަހަރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 2.4 މިލިއަނަށް އަރާފައިވާ ކަމަށާއި، މިއީ ކުރިން ކަނޑައެޅި އަމާޒުތަކަށްވުރެ އިތުރު އަދަދެއް ކަން ފާހަގަ ކުރެއްވިއެވެ. 
ފަތުރުވެރިކަމަކީ ގައުމުގެ އިގްތިސާދުގެ ތަނބު ކަމުގައި ދެމިއޮތްއިރު، ޔޫރަޕާއި ރަޝިޔާ އަދި ޗައިނާއިން އަންނަ ޓޫރިސްޓުންގެ ޢަދަދު އިތުރު ކަމަށް ފާހަގަ ކުރެއްވިއެވެ.
2025 ވަނަ އަހަރު އޮކްޓޯބަރު މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި މީހުންގެ އަދަދު %10 އިތުރުވެފައިވާއިރު، އޮކްޓޯބަރު މަހު އެކަނިވެސް ގާތްގަނޑަކަށް 190،445 ޒިޔާރަތްކުރިއެވެ، އެ ފަހަރު ޖުމްލަ ޢަދަދު އެއްމިލިއަނަށްވުރެ މައްޗަށް އަރާފައިވެއެވެ. މިއީ ތާރީޚުގައިވެސް އެންމެ އަވަހަށް މި ޢަދަދު ހަމަކުރެވުނު ފަހަރެވެ.
މީގެ އިތުރުން އަތޮޅުތަކަށް ލިބޭ ފައިދާތައް ހަމަހަމަ ގޮތެއްގައި ބަހާލުމުގެ މަގުސަދުގައި ޑިވެލޮޕަރުންނަށް އަމާޒުކޮށްގެން އިނާޔަތްތަކާއެކު، ރިސޯޓުގެ ޚިދުމަތް އެހާ ރަނގަޅަށް ނުލިބޭ އަތޮޅުތަކަށް ފަތުރުވެރިކަން ފުޅާކުރުމުގެ ޕްލޭންތައް ވެސް ރައީސް މުއިއްޒު ފާހަގަ ކުރެއްވި އެވެ. 
ސަރުކާރުން އަމާޒުކޮށްފައިވަނީ ވަޒީފާތައް އިތުރުކޮށް، ބޭރު ފައިސާގެ އާމްދަނީ އިތުރު ކުރުމަށެވެ.









