އެމެރިކާ އާއި އީރާނުން މި ހުކުރު ދުވަހު އިސްތަންބޫލްގައި ނިއުކްލިއާ މަޝްވަރާތައް ފެށުމަށް ހަމަޖެހިއްޖެއެވެ. މިއީ މިދިޔަ އަހަރުގެ ޖޫން މަހު މެދުއިރުމަތީގައި ކުރި ހަނގުރާމައާއި ގުޅޭ މަޝްވަރާތައް ރޫޅިގެން ދިޔަ ފަހުން އެމެރިކާ އާއި އީރާނާއި ދެމެދުގައި ބާއްވާ މަތީ ފެންވަރުގެ ފުރަތަމަ ބައްދަލުވުމެވެ.
މި ބައްދަލުވުމުގައި އެމެރިކާގެ ސްޕެޝަލް އެންވޯއީ ސްޓީވް ވިޓްކޯފް އާއި އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް ޢަރާޤިޖިގެ އިތުރުން ސަޢޫދީ ޢަރަބިއްޔާ، ޤަޠަރު، މިޞްރު އަދި ޔޫއޭއީގެ ފޮރިން މިނިސްޓަރުން ބައިވެރިވާނެއެވެ.
މި މަޝްވަރާ ތަކުގައި ތުރުކިޔޭ އިން ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ.
ތެހެރާންގެ ޔޫރޭނިއަމް މުއްސަނދިކުރުމާއި ގުޅޭ ގޮތުން ޓްރަމްޕް ގެންދަވަނީ ވަރަށް ބޮޑަށް އީރާނަށް ޕްރެޝަރު ކުރަމުންނެވެ. މި ކަމާއި ގުޅިގެން އީރާނުން މިހާރު ވަނީ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކަށް އެމެރިކާ އިން ލުއި ދީފި ނަމަ އިތުރު "ފަސޭހަތަކެއް" ލިބޭނެ ކަމުގެ އިޝާރާތެއް ދީފައެވެ.










