Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެމެރިކާގެ ހިޖުރަވެރިކަމުގެ ސިޔާސަތަށް ފަންނާނުންގެ ހޫނު ހަމަލާތަކެއް

އެމެރިކާގެ ހިޖުރަވެރިކަމުގެ ސިޔާސަތަށް ފަންނާނުންގެ ހޫނު ހަމަލާތަކެއް

އައިޝަތު ރުވާ ރިފްޢަތު
162 ދުވަސް ކުރިން - 2 ފެބްރުއަރީ 2026 20:45
މި އަހަރުގެ ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ ބިލީއެއކލިޝް އާއީ ބޭޑް ބަނީ---
މި އަހަރުގެ ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ ބިލީއެއކލިޝް އާއީ ބޭޑް ބަނީ---
ޚުލާސާ

އާދީއްތަ ދުވަހުގެ ރޭ ބޭއްވި ހަފުލާގައި ބައިވެރިވި ގިނަ ފަންނާނުންތަކެއް ވަނީ އެމެރިކާގެ "އައިސީއީ" އާ ދެކޮޅަށް އަޑުއުފުލައި، އެކަން ހާމަކުރުމަށް ހާއްސަ ބެޖުތަކެއް ބޭނުންކޮށްފައި

މި އަހަރުގެ މިއުޒިކީ ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ގްރެމީ އެވޯޑްސް ހަފުލާގައި އިނާމު ހާސިލުކުރި މަޝްހޫރު ފަންނާނުން، އެމެރިކާ ސަރުކާރުން ހިޖުރަވެރިންނާ ދެކޮޅަށް ހިންގަމުންދާ ހަރުކަށި އަމަލުތައް ކުށްވެރިކޮށް އެކަމާ ދެކޮޅަށް އަޑުއުފުލައިފި އެވެ.

އާދީއްތަ ދުވަހުގެ ރޭ ބޭއްވި ހަފުލާގައި ބައިވެރިވި ގިނަ ފަންނާނުންތަކެއް ވަނީ އެމެރިކާގެ "އައިސީއީ" އާ ދެކޮޅަށް އަޑުއުފުލައި، އެކަން ހާމަކުރުމަށް ހާއްސަ ބެޖުތަކެއް ބޭނުންކޮށްފައެވެ. މިގޮތުން މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ބޭޑް ބަނީ އާއި ބިލީ އެއިލިޝް ވަނީ ފާހަގަކޮށްލެވޭ ފަދަ ވަރުގަދަ ޝުއޫރުތަކެއް ފާޅުކޮށްފަ އެވެ.

ޕުއެރްޓޯ ރިކޯގެ މަޝްހޫރު ތަރި ބޭޑް ބަނީ، އޭނާގެ އަލްބަމް އަށް ލިބުނު ގްރެމީ އެވޯޑާ ހަވާލުވަމުން ބުނެފައިވަނީ "އައިސީއީ ބޭރުކުރޭ" ކަމަށެވެ. "އަހަރެމެންނަކީ ވަހުޝީންނެއް ނޫން، ޖަނަވާރުންނެއް ނޫން، ބޭރު ދުނިޔެއަކުން އައިސް އުޅޭ ބައެއް ވެސް ނޫން. އަހަރެމެންނަކީ އިންސާނުން، އަދި އަހަރެމެންނަކީ އެމެރިކާ މީހުން،" ކަމަށް ބުނެ އޭނާ ވަނީ ހިޖުރަވެރިންނާ މެދު އަމަލުކުރަމުންދާ ގޮތަށް ފާޑުކިޔާފަ އެވެ.

Advertisement

Advertisement 1

މީގެ އިތުރުން "ވައިލްޑް ފްލާވާ" ލަވަޔަށް އެވޯޑް ހާސިލުކުރި ބިލީ އެއިލިޝް ވެސް ވަނީ ސްޓޭޖް މަތީގައި އޭނާގެ ޝުއޫރުތައް ބޭއަދަބީ ބަހުރުވަޔާއެކު ފާޅުކޮށް، އައި.ސީ.އީ އާ ދެކޮޅަށް އަޑުއުފުލާފައެވެ. އޭނާ ބުނި ގޮތުގައި ފޭރިގަނެފައިވާ ބިމެއްގައި އެއްވެސް މީހަކީ ގައިރު ގާނޫނީ މީހެއް ނޫން" ކަމަށެވެ.

ފަންނާނުންގެ މި ފާޑުކިޔުންތައް އައިސްފައިވަނީ އެމެރިކާގެ އެކި ސިޓީތަކުގައި އައިސީއީއިން ހިންގަމުންދާ ރޭޑްތަކާ ގުޅިގެން އާންމުންގެ ނުރުހުން އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. މި ރޭޑްތަކުގެ ތެރޭގައި އެމެރިކާގެ ދެ ރައްޔިތަކު މަރުވުމާއި، އުމުރުން ފަސް އަހަރުގެ ލިއަމް ކޮނޭހޯ ރާމޯސް އާއި އޭނާގެ ބައްޕަ ހައްޔަރުކުރުމާ ގުޅިގެން ގިނަ ބަޔަކު ވަނީ މަގުމައްޗަށް ނުކުމެ އިހުތިޖާޖުކޮށްފައެވެ. ނަމަވެސް، އެ ފަސް އަހަރުގެ ކުއްޖާ އާއި ބައްޕަ މިހާރު ވަނީ މިނެސޯޓާގައި ހުންނަ އެމީހުންގެ ގެއަށް ދޫކޮށްލާފަ އެވެ.

މި މައްސަލައިގައި ސަރުކާރުގެ ފަރާތުން ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ ކްރިސްޓީ ނޯމް ވަނީ ހަރުކަށި އިންޒާރެއް ދެއްވާފައެވެ. އަންނަ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު އޮންނަ ސުޕަ ބޯލްގެ ހާފް-ޓައިމް ޝޯގައި ބޭޑް ބަނީ ހުށަހަޅައިދޭން ހަމަޖެހިފައިވާއިރު، އެ ތަނުގައި ފެޑަރަލް އެޖެންޓުން ހަރަކާތްތެރިވާނެ ކަމަށް އޭނާ ބުނެފައިވެއެވެ. އަދި އެތަނަށް ދާންވާނީ ހަމައެކަނި "ގާނޫނަށް ބޯލަނބާ، ގައުމުދެކެ ލޯބިވާ އެމެރިކާ މީހުން" ކަމަށް ވެސް ނޯމް ވަނީ ބުނެފަ އެވެ.

އެމެރިކާގެ އެކި ސިޓީތަކުގައި ހިޖުރަވެރިންގެ ހައްގުގައި މުޒާހަރާތައް ކުރިއަށްދާއިރު، ރައީސް ޓްރަމްޕް ވަނީ ޑިމޮކްރެޓުންގެ ބާރު އޮންނަ ސިޓީތަކުގައި ކުރިއަށްދާ މުޒާހަރާތަކާ ދުރަށް ދިއުމަށް ފެޑަރަލް އެޖެންޓުންނަށް އަމުރުކުރައްވާފައެވެ. ހަމައެއާއެކު، އިޓަލީގައި ވެސް އައިސީއީ އާ ދެކޮޅަށް ސަތޭކައަށްވުރެ ގިނަ މީހުން ވަނީ "އިޓަލީގައި އައިސީއީ އަކަށް ޖާގައެއް ނެތް" ކަމަށް ބުނެ މުޒާހަރާކޮށްފަ އެވެ.

އެމެރިކާހޮލީވުޑް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

16 ގަޑިއިރު ކުރިން - 17:03

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

1 ދުވަސް ކުރިން - 01:08

މައިކަލް ޖެކްސަންގެ ބަޔޮޕިކް "މައިކަލް"އަށް 1 ބިލިއަން ޑޮލަރުގެ އާމްދަނީއާއެކު އާ ރެކޯޑެއް

މައިކަލް ޖެކްސަންގެ ބަޔޮޕިކް"މައިކަލް"އަށް 1 ބިލިއަން ޑޮލަރުގެ އާމްދަނީއެއް

1 ދުވަސް ކުރިން - 14:33

ޣައްޒާ ސަރުކާރު އުވާލައި އެމެރިކާގެ “ސަރުކާރެއް” އެކުލަވާލަނީ

ޣައްޒާ ސަރުކާރު އުވާލައި “އެމެރިކާގެ” ސަރުކާރެއް އެކުލަވާލަނީ

3 ދުވަސް ކުރިން - 11:26

ވޯލްޑް ކަޕް ފައިނަލްގެ 1،200 އަށްވުރެ ގިނަ ޓިކެޓް އަދިވެސް ވިއްކަން އެބަހުރި، އެންމެ އަގުބޮޑު ޓިކެޓު 34,500 ޑޮލަރަށް!

ފައިނަލް މެޗުގެ 1،200 އަށްވުރެ ގިނަ ޓިކެޓް އަދިވެސް ވިއްކަން އެބަހުރި

4 ދުވަސް ކުރިން - 01:27

ވޯލްޑް ކަޕް ފައިނަލްގެ ހާފް-ޓައިމް ޝޯއިން ޖަސްޓިން ބީބާ ފެނިގެންދާނެ

ވޯލްޑް ކަޕް ފައިނަލްގެ ހާފް-ޓައިމް ޝޯއިން ޖަސްޓިން ބީބާ ފެނިގެންދާނެ

4 ދުވަސް ކުރިން - 22:00