Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

އެމްޕޮކްސް ވައިރަސް ފެތުރުމާއި އަލާމާތްތައް ދެނެގަތުން

އާނާ ފަހީމް
792 ދުވަސް ކުރިން - 20 އޯގަސްޓް 2024 19:27
އެމްޕޮކްސް ޖެހިފައިވާ މީހެއްގެ ފޮޓޯ
އެމްޕޮކްސް ޖެހިފައިވާ މީހެއްގެ ފޮޓޯ
ޚުލާސާ

ކުރިން މަންކީޕޮކްސްގެ ނަމުގައި މަޝްހޫރުވެފައިވާ އެމްޕޮކްސްއަކީ، ފުރަތަމަ ޖަނަވާރުންގެ ކިބައިން އިންސާނުންނަށް ފެތުރުނު ވައިރަސް ބައްޔެކެވެ. ނަމަވެސް މިހާރު މި ބަލި އިންސާނުންގެ މެދުގައިވެސް ފެތުރޭކަން އެނގިފައިވެއެވެ. މި ބަލި ފެތުރެމުންދާ ގޮތަށް ބަލާއިރު، މި ބަލި ފެތުރޭ ގޮތާއި މި ބަލީގެ އަލާމާތްތައް ދެނެގަތުމަކީ މި ބަލިން ރައްކާތެރިވުމަށާއި އަވަހަށް ފަރުވާ ހޯދުމަށް ވަރަށް މުހިންމު ކަމެކެވެ.

އެމްޕޮކްސް ފެތުރެމުންދާ މިންވަރާމެދު ކަންބޮޑުވުން އިތުރުވަމުންދާ މި ދަނޑިވަޅުގައި، މި ބަލި ފެތުރޭ ގޮތާއި އޭގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭ މަޢުލޫމާތު ދެނެގަތުމަކީ ނުހަނު މުހިންމު ކަމެކެވެ. އެމްޕޮކްސްއަކީ ވައިރަލް ބައްޔެއް ކަމުން، މައިގަނޑު ގޮތެއްގައި މި ބަލި ފެތުރެނީ ބަލިޖެހިފައިވާ އިންސާނަކާ ނުވަތަ ޖަނަވާރަކާ ސީދާ ގުޅުން ބޭއްވުމުގެ ސަބަބުންނެވެ.

ބަލިޖެހިފައިވާ މީހަކާއެކު ޖިންސީ ގުޅުން ހިންގުމުގެ އިތުރުން، ގައިގޯޅިވުމާއި، ބޮސްދިނުމާއި، އަދި ކައިރީގައި ހުރެ ނޭވާލުމުގެ ސަބަބުން ވެސް މި ބަލި ފެތުރިދާނެއެވެ. މީގެ އިތުރުން، ބަލިޖެހިފައިވާ ޖަނަވާރެއް ޝިކާރަކުރުމުގައި، ކަތިލުމުގައި، ނުވަތަ ކެއްކުމަށް ތައްޔާރުކުރުމުގައި ވެސް އެމްޕޮކްސް ޖެހިދާނެއެވެ. އަދި ޚާއްޞަކޮށް ބަލިޖެހިފައިވާ މީހަކު ބޭނުންކޮށްފައިވާ އަންނައުނު، ތުވާލި ،އެނދުގެ ބެޑިޝީޓު ނުވަތަ ބާލިސްފަދަ ތަކެތި މެދުވެރިކޮށްވެސް މި ބަލި ފެތުރިދާނެއެވެ.

Advertisement

Advertisement 1

މާބަނޑު އަންހެނުންނަށް މި ބަލީގެ ނުރައްކާ އިތުރަށް ބޮޑުވެއެވެ. މާބަނޑު ދުވަސްވަރު އެމްޕޮކްސް ޖެހުމުން، ބަނޑުގައިވާ ދަރިފުޅަށް އިންފެކްޝަން ފެތުރި، އެކަމުގެ ސަބަބުން ސިއްޙީ ގޮތުން ގިނަގުނަ ކަންބޮޑުވުންތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

އެމްޕޮކްސްގެ އަލާމާތްތައް ދެނެގަތުން

އެމްޕޮކްސްގެ އަލާމާތްތަކަކީ ތަފާތު އަލާމާތްތަކެކެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވެނީ ހަންގަނޑުގައި އާދަޔާހިލާފަށް ކެހުމާއި ބިހނެގުމްވެ.މި ބަލި އާންމުކޮށް ދެމިގެންދަނީ 2 އާއި 4 ހަފްތާއާ ދެމެދުގެ މުއްދަތަކަށެވެ. ބަލީގެ އަސަރު އެންމެ ބޮޑަށް ފެންނަނީ މޫނާއި، އަތްތިލައާއި، ހަށިގަނޑުގެ ތިރީބައި، ކަކުލާއި އަދި ބުރަކަށީގައެވެ. މީގެ އިތުރުން، ކެއްސުމާއި، ބޮލުގައި ރިއްސުމާއި، ވަރުބަލިކަމާއި، މަސްތަކުގައި ރިއްސުން ފަދަ އަލާމާތްތައް ވެސް ފެނިދާނެއެވެ. ގިނަ ބަޔަކު އެމްޕޮކްސްއިން ރަނގަޅުވަނީ އިތުރު އުނދަގޫތަކަކާ ނުލައެވެ. ނަމަވެސް، ބައެއް މީހުންނަށް ޞިއްޙީ ފަރުވާ ބޭނުންވާ ފަދަ ޖެހިލުންވާ އަލާމާތްތައް ކުރިމަތިވެދާނެއެވެ.

ސަމާލުވެ ތިބުން

އަމިއްލަ ނަފްސާއި އެހެނިހެން ފަރުދުންގެ ރައްކާތެރިކަމަށްޓަކައި ވިސްނުންތެރިކަމާއެކު ޢަމަލުކުރުމަކީ އަސާސީ ކަމެކެވެ. އެމްޕޮކްސްގެ ޢަލާމާތްތައް ފާހަގަކުރެވޭ ފަރާތްތަކާ ގާތްގުޅުން ބޭއްވުމުން ދުރުހެލިވުމާއި، ޚާއްޞަކޮށް ވައިރަސް އުޅޭކަން ޔަޤީންވާ ސަރަޙައްދުތަކުގައި ޖަނަވާރުންނާ މުޢާމަލާތްކުރާއިރު ބޮޑަށް ސަމާލުވާންވާނެއެވެ. އަމިއްލަ ސާފުތާހިރުކަމަށް އަހައްމިއްޔަތުކަން ދިނުމާއެކު، ކޮންޓެމިނޭޓްވެދާނެ އަންނައުނު، ތުވާލި އަދި އެނދުފަދަ ޒާތީ ތަކެތި އެހެން ފަރާތްތަކާ ހިއްސާކުރުމުން އެއްކިބާވާންވާނެއެވެ.

އަމިއްލަ ނަފްސުގައި ނުވަތަ އެހެން މީހެއްގެ ކިބައިން އެމްޕޮކްސްގެ އެއްވެސް ޢަލާމާތެއް ފާހަގަކުރެވިއްޖެނަމަ، ލަސްނުކޮށް ޞިއްޙީ ފަރުވާދޭ ފަރާތެއްގެ އިރުޝާދު ހޯދުމަކީ އިންތިހާއަށް މުހިންމު ކަމެކެވެ. އަވަސް ދެނެގަތުމާއި ފަރުވާ ދިނުމަކީ ޞިއްޙީ ގޮތުން ނުރައްކާތެރި ޙާލަތްތަކަށް ހުށަހެޅުމުގެ ފުރުޞަތު ބޮޑުތަން ކުޑަކުރެވޭނެ ކަމެކެވެ. އެހެންކަމުން، އެކަށީގެންވާ މަޢުލޫމާތު ހޯދައި، އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، އަމިއްލަ ޞިއްޙަތާއި މުޖުތަމަޢުގެ ޞިއްޙަތަށް އިސްކަންދިނުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެކެވެ.

Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%