މޮޒެމްބިކް ގައި ކޮލެރާ ޖެހިގެން 24 ގަޑިއިރުގެ ތެރޭގައި 12 މީހުން މަރުވެއްޖެއެވެ. އެ ޤައުމުގެ ހެލްތު މިނިސްޓްރީން ބުނީ އިތުރު 135 މީހަކު މި ބައްޔަށް ޕޮޒިޓިވް ވެސް ވެފައިވާ ކަމަށެވެ.
މީގެ އިތުރުން ޓެޓޭ، ނަމްޕުލާ، އަދި ކެބޯ ޑެލްގާޑޯ ޕްރޮވިންސްތަކުން އިތުރު ކޭސްތަކެއް ފެންނަމުންދާ ކަމަށާއި، މެދުތެރޭ އަވަށަކުން ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި 87 މީހުން އަލަށް މި ބަލި ޖެހިފައިވާ ކަމަށް ވެސް އެ ޤައުމުން ބުންޏެވެ.
މި މަހުގެ 28 ވަނަ ދުވަހު އެކަނިވެސް މޮޒެމްބިކްގައި 135 މީހުން ޕޮޒިޓިވްވިއިރު، އިތުރު 49 މީހުންގެ ޙާލު ސީރިއަސް ވެގެން ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްފައިވެއެވެ.
ހުސްވި އަހަރު އެ ޤައުމުގައި ކޮލެރާ ޖެހިގެން 169 މީހުން މަރުވެފައި ވެއެވެ.



