އީރާނު މައްސަލަ ޞުލްޙަ ކުރުވަން ސައޫދީން އެމެރިކާ އަށް ގޮސްފި

ހުސައިން އިސްމާއިލް | 30 ދުވަސް ކުރިން - 29 ޖެނުއަރީ 2026 01:05
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ (ހެގްސެތު)އާއި ސައޫދީ ޑިފެންސް މިނިސްޓަރު ޕްރިންސް ޚާލިދު ބިން ސަލްމާން އެމެރިކާގެ ޕެންޓަގަންގައި
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ (ހެގްސެތު)އާއި ސައޫދީ ޑިފެންސް މިނިސްޓަރު ޕްރިންސް ޚާލިދު ބިން ސަލްމާން އެމެރިކާގެ ޕެންޓަގަންގައި
ޚުލާސާ

ދަތުރުގައި އިސްކޮށް އުޅުއްވަނީ ސައުދީގެ ޑިފެންސް މިނިސްޓަރު ޕްރިންސް ޚާލިދު ބިން ސަލްމާން

އީރާނު މައްސަލަ ޞުލްޙަ ކުރުވަން ސައޫދީން އެމެރިކާ އަށް ގޮސްފިއެވެ. މި ދަތުރުގައި އިސްކޮށް އުޅުއްވަނީ ސައުދީގެ ޑިފެންސް މިނިސްޓަރު ޕްރިންސް ޚާލިދު ބިން ސަލްމާންއެވެ.

ސައޫދީން މަޝްވަރާ ކުރާނީ އީރާނާއި އެމެރިކާގެ މައްސަލަ ސުލްހަ ކުރެވޭތޯއެވެ. އެގޮތުން މި ދެދުވަހު (ބުރާސްފަތި، ހުކުރު) އޭނާ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި ސަފީރު ސްޓީވް ވިޓްކޯފް އަދި ޑިފެންސް ޑިޕާޓްމަންޓުގެ ވެރިންނާއި އެކު މަޝްވަރާ ކުރާނެއެވެ.

ސައުދީން ބުނެފައި ވަނީ ތެހެރާނަށް ޙަމަލާ ދޭކަށް ސައޫދީގެ އެއްވެސް ސަރަޙައްދެއް އެއްވެސް ބަޔަކަށް ނުދެވޭނެ ކަމަށެވެ.

މީގެ ކުރިން ޓްރަމްޕް ބުނެފައި ވަނީ ވެނެޒުއެލާ އަށް ދިން ޙަމަލާ އަށް ވުރެ މާ ވަރުގަދަކޮށް އީރާނާއި ކުރިމަތިލާނެ ކަމަށެވެ.

ސައޫދީގެ ބޭނުމަކީ މެދުއިރުމަތީގައި ހަމަޖެހުން ޤާއިމް ކުރުމަށެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%