Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެސްއީޒެޑުގައި ތަރައްގީކުރާ ސަސްޓެއިނަބަލް ޓައުންޝިޕްގެ އަމަލީ މަަސައްކަތް ފަށައިފި

އެސްއީޒެޑުގައި ތަރައްގީކުރާ ސަސްޓެއިނަބަލް ޓައުންޝިޕްގެ އަމަލީ މަަސައްކަތް ފަށައިފި

މުހައްމަދު ޖަމްޝަތު
173 ދުވަސް ކުރިން - 29 ޖެނުއަރީ 2026 13:13
ޕްރޮޖެކްޓް "އައިލާ" ގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ:ރައީސް އޮފީސް
ޕްރޮޖެކްޓް "އައިލާ" ގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ:ރައީސް އޮފީސް
ޚުލާސާ

މިއީ ރާއްޖޭގައި ހިންގާ މިފަދަ ފުރަތަމަ މަޝްރޫއު. މި މަޝްރޫއަށް 790 މިލިއަން ޑޮލަރު އިންވެސްޓުކުރަން ވަނީ ނިންމާފައި

މި ސަރުކާރުން ތައާރަފުކުރި، ރާއްޖޭގެ ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ތަރައްގީކުރުމުގެ މަޝްރޫއު ކަމަށްވާ "ޕްރޮޖެކްޓް އައިލާ" ގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް ފައްޓަވައިދެއްވައިފި އެވެ.

ނ. އަތޮޅުގެ ދިގުފަރު، ދެކެނަންފަރު އަދި ކުރަމާދޫ ފަޅު ހިމެނޭ ސަރަހައްދުގައި ހިންގާ 790 މިލިއަން އެމެރިކާ ޑޮލަރުގެ މި މަޝްރޫއަކީ، ރާއްޖޭގެ "ސްޕެޝަލް އިކޮނޮމިކް ޒޯން" (އެސްއީޒެޑް)ގައި ހިންގާ ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެވެ.

މި މަޝްރޫއުގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

Advertisement

Advertisement 1

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕްރޮޖެކްޓް އައިލާގެ ސީއީއޯ ޕީޓާ ކްރިސްޓިޗް ވަނީ ރައީސް ޑރ. މުއިއްޒުގެ ދުރު ވިސްނުންފުޅާއި ލީޑަޝިޕަށް ތައުރީފުކުރައްވާފަ އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މި ސަސްޓެއިނަބަލް ޓައުންޝިޕް ކޮންސެޕްޓަކީ ރާއްޖޭގެ ތަރައްގީގެ މޮޑެލްއަށް އައި ހަރުދަނާ ބަދަލެކެވެ.

ޕްރޮޖެކްޓް "އައިލާ" ގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ:ރައީސް އޮފީސް

ސަސްޓެއިނަބަލް ޓައުންޝިޕަކީ ވަކި ހާއްސަ އިދާރާއަކުން ބަލަހައްޓާ، ގާނޫނީ މިންގަނޑުތަކަށް ފެތޭ ހިދުމަތްތަކާއި ވަސީލަތްތައް ހިމެނޭ ގޮތަށް ތަރައްގީކުރެވޭ ބޮޑެތި ރިއަލް އެސްޓޭޓް ނުވަތަ އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއުތަކެވެ. މިފަދަ ސަރަހައްދުތަކަކީ ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އިސްކަންދީގެން، ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗާގެ އެހީގައި މީހުން ދިރިއުޅުމަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި އާންމު ވަސީލަތްތައް ފުރިހަމައަށް ގާއިމުކޮށްފައިވާ ތަންތަނެވެ.

މިއީ ރާއްޖޭގައި ހިންގާ މިފަދަ ފުރަތަމަ މަޝްރޫއެވެ. 2028 ވަނަ އަހަރަށް ނިންމާގޮތަށް ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ހިންގާ މި މަޝްރޫއުގައި ލަގްޒަރީ ރެސިޑެންސްތަކާއި، މެރީނާއަކާއެކު ތަރައްގީކުރާ އަލްޓްރާ ލަގްޒަރީ ރިސޯޓެއްގެ އިތުރުން، ބައިނަލްއަގުވާމީ ފެންވަރުގެ ސިއްހީ ހިދުމަތްދޭ މަރުކަޒަކާއި ހޮސްޕިޓާލިޓީ އެންޑް ލީޑަޝިޕް ދަސްކޮށްދޭ ދުނިޔޭގެ ފެންވަރުގެ ސްކޫލެއް ހިމެނެ އެވެ. މި ތަން ހިންގުމުގައި މަދުވެގެން 60 އިންސައްތަ އިއާދަކުރަނިވި ހަކަތަ ބޭނުންކުރާއިރު، ދެމެހެއްޓެނިވި އެކުއަކަލްޗާ އަދި ދަނޑުވެރިކަމުގެ ނިޒާމުތައް ވެސް މި މަޝްރޫއުގައި ހިމެނެ އެވެ.

މިއަދު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުވިދާޅުވީ އައިލާ ފަދަ މަޝްރޫއުތަކުގެ ސަބަބުން، ރާއްޖެއަކީ ހަމައެކަނި ޗުއްޓީ ހޭދަކޮށްލަން އަންނަ މަންޒިލެއްގެ ބަދަލުގައި، ދިރިއުޅުމަށާއި އިންވެސްޓްކުރުމަށް އަދި ދިގުމުއްދަތުގެ މަންފާ ހޯދުމަށް އެކަށީގެންވާ ތަނަކަށް ވެގެންދާނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރާއި، ކޮންސްޓްރަކްޝަން މިނިސްޓަރުގެ އިތުރުން ޕްރޮޖެކްޓް އައިލާ، ކްރިސްޓަލް ހޯލްޑިންގްސް އަދި ބްލޫ ރޮކްގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވި އެވެ.

ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ މަޝްރޫއު ކުރިއަށްދާ ސަރަހައްދު ބައްލަވާލައްވާފަ އެވެ. މި މަޝްރޫއަކީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއި ބޯޑް އޮފް އިންވެސްޓްމަންޓާ ދެމެދު ވެވުނު އިންވެސްޓްމަންޓް އެއްބަސްވުމެއްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސްމިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްމިނިސްޓަރު މުހައްމަދު ސައީދުއެސްއީޒެޑް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

6 ގަޑިއިރު ކުރިން - 18:38

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އަލްއުސްތާޛު އަމްޖަދު މުސްތަފާ އައްޔަނުކުރައްވައިފި

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އަލްއުސްތާޛު އަމްޖަދު މުސްތަފާ އައްޔަނުކުރައްވައިފި

11 ގަޑިއިރު ކުރިން - 13:44

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާ އައްޔަންކުރައްވައިފި

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާ އައްޔަންކުރައްވައިފި

2 ދުވަސް ކުރިން - 12:41

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު 2027 ގެ ކުރީކޮޅު ފެށޭނެ: ރައީސް

"މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު 2027ގައި ފެށޭނެ"

4 ދުވަސް ކުރިން - 16:01

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދަވައިފި

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދައިފި

5 ދުވަސް ކުރިން - 19:57

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

5 ދުވަސް ކުރިން - 19:39