އީރާނަށް ހަމަލާއެއް ދީފާނެ ކަމާއި އެކަމުގެ ތައްޔާރީތަކާއި ގުޅޭ ގޮތުން އެމެރިކާއިން އިސްރާއީލަށް ސިއްރު މެސެޖެއް ފޮނުވައިފި ކަމަށް އިސްރާއީލުގެ މީޑިއާ އިން ބުނެފިއެވެ.
އެ ޗެނަލުން ބުނާ ގޮތުގައި އެމެރިކާގެ މެސެޖުގައި ބުނެފައި ވަނީ ގާތްގަނޑަކަށް ދެ ހަފްތާއެއްގެ ތެރޭގައި ހަމަލާގެ ތައްޔާރީތައް ނިމޭނެ ކަމަށާއި، ކުރިއަށް އޮތް މަސްތަކުގައި އެކަން ކުރުމަށް އެކަށީގެންވާ ފުރުސަތެއް ވެސް ލިބިދާނެ ކަމަށެވެ.
އެމެރިކާ އިން އިތުރަށް ބުނީ ރައީސް ޓްރަމްޕް އެފަދަ އަމުރެއް ނެރުއްވައިފިނަމަ، އެ ހަމަލާ އޭގެ ކުރިން ވެސް ދީފާނެ ކަމަށެވެ.
އެމެރިކާއިން މިހާރު ގެންދަނީ މެދުއިރުމަތީގައި އެގައުމުގެ އަސްކަރީ ބާރުތައް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.









