ކްރޮސްރޯޑުގައި މިރޭ ބޭއްވި ޤައުމީ ބޭންކުގެ ސްޓާފް ނައިޓް ހަފްލާއާއިއެކު އެ ބޭންކުގެ ކަސްޓަމަރ ސަރވިސް މެނޭޖަރު މުޙައްމަދު ޝާއިގް އަޙްމަދު ވިދާލައިފިއެވެ.
މުޙައްމަދު ޝާއިގް އަޙްމަދަށް މިދިޔަ އަހަރުގެ އެންމެ މޮޅު މުވައްޒަފުގެ ޝަރަފް ލިބުނުއިރު, މިދިޔަ އަހަރު ފާހަގަ ކޮށްލެވުނު އެހެން ސްޓާފުންނަށްވެސް އެވޯޑް ދީ މަސައްކަތުގެ އަގު ވަޒަން ކުރިއެވެ.
ކުރިއަރާފައިވާ މާލީ މުއައްސަސާއެއްގެ ގޮތުގައި ބީއެމްއެލްގެ ފާހަގަ ކުރެވޭއިރު ވޭތުވެދިޔަ 2023 ވަނަ އަހަރަކީ ބޭންކް އޮފް މޯލްޑިވްސް އިން މިހާތަނަށް އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދި އަހަރެވެ. އެގޮތުން ޓެކުހަށް ކެނޑުމަށްފަހު މިދިޔަ އަހަރު އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 2.07 ބިލިއަށް ރުފިޔާ ލިބިފައި ވެއެވެ.
ބީއެމްއެލް އިން ބޭންކިންގ ދާއިރާގައި ރާއްޖޭގެ ހަމަޖެހުމާއި ކުރިއެރުމުގެ ތަނބެއްގެ ގޮތުގައި އަބުރު ދަމަހައްޓަމުންދާކަން ފާހަގަ ކުރެވެއެވެ..



