މޫސުން ގޯސްވުމާ ގުޅިގެން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދުގެ އިރު އޮއްސި 6:00 އާ ހަމައަށެވެ.
މެޓް އޮފީހުން ބުނީ މިއަދު މެންދުރު 12:00 އިން ފެށިގެން އިރުއޮއްސި 6:00 އާ ހަމައަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިއަދު ހެނދުނުން ފެށިގެން މެންދުރު 12 އާ ހަމައަށް ވެސް މެޓް އޮފީހުން ވަނީ ވައިޓް އެލާޓެއް ނެރެފައެވެ. އެ އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު ދަތުރު ކުރާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ދަތުރުތައް ކުރާއިރު ސަލާމަތީ ފިޔަވަޅުތައް ކަށަވަރުކޮށްގެން ދަތުރުތައް ކުރުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.



