Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެސްއީޒެޑްގައި ހިންގިދާނެ މަސައްކަތްތަކާއި އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑު ރައީސް އަލުން ކަނޑައަޅުއްވައިފި

އެސްއީޒެޑްގައި ހިންގިދާނެ މަސައްކަތްތަކާއި އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑު ރައީސް އަލުން ކަނޑައަޅުއްވައިފި

އައިޝަތު ރުވާ ރިފްޢަތު
213 ދުވަސް ކުރިން - 27 ޖެނުއަރީ 2026 21:33
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު/ ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މިނިންމެވުމަކީ މިދިޔަ އަހަރުގެ ޖަނަވަރީ މަހު ނެރުއްވި ގަރާރު މުރާޖައާ ކުރެއްވުމަށްފަހު، ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް ބޮޑެތި އިންވެސްޓްމަންޓްތަކަށް ފުރުސަތު ހުޅުވާލުމުގެ ގޮތުން ނިންމެވި ނިންމެވުމެއް.

ރާއްޖޭގައި ގާއިމުކުރާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ތަކުގައި ހިންގިދާނެ އިގްތިސާދީ މަސައްކަތްތަކާއި، އެފަދަ ޒޯނެއްގައި ހިމެނޭ އިންވެސްޓްމަންޓްތަކުގެ އެންމެ ކުޑަ މިންގަނޑު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަލުން ކަނޑައަޅުއްވައިފި އެވެ.

މިކަން އިއުލާނުކުރައްވާފައިވަނީ މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެއްވި ނަންބަރު 1/2026 ގަރާރުންނެވެ. އެސްއީޒެޑް ގާނޫނުގެ 22 ވަނަ މާއްދާގެ ދަށުން، ބޯޑް އޮފް އިންވެސްޓްމަންޓްސްގެ މަޝްވަރާއާއެކު، ކޮންމެ އަހަރަކު އެއްފަހަރު މި މިންގަނޑުތައް މުރާޖައާކޮށް ރައީސް އިއުލާނު ކުރައްވަން ޖެހެއެވެ.

މިއަދު އާންމުކުރި ގަރާރުގައިވާ ގޮތުން، އެސްއީޒެޑްގައި ހިންގިދާނެ އިގްތިސާދީ މަސައްކަތްތައް ދެ ބަޔަކަށް ވަނީ ބަހާލާފަ އެވެ. އެއީ 100 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އިންވެސްޓްމަންޓްތަކާއި، 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އިންވެސްޓްމަންޓް ހިމެނޭ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓް މަޝްރޫއުތަކެވެ.

Advertisement

Advertisement 1

100 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތަކުގެ ތެރޭގައި ހިމެނޭ މައިގަނޑު 9 ދާއިރާއަކީ:

  1. އެކްސްޕޯޓަށް އިސްކަންދީގެން ހިންގާ މެނުފެކްޗަރިންގ މަސައްކަތްތައް.
  2. ޓްރާންސްޝިޕްމަންޓް ޕޯޓް، ލޮޖިސްޓިކްސް، ބަންކަރިން އަދި އެއާޕޯޓް ފަދަ ހިދުމަތްތައް.
  3. ޔުނިވާސިޓީ، ޓާޝަރީ ހޮސްޕިޓަލް އަދި ދުނިޔޭގެ ފެންވަރުގެ ރިސާޗް ފެސިލިޓީތައް.
  4. އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ޕާކުތައް.
  5. އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އަދި ޓްރޭޑް ސެންޓަރުތައް.
  6. އިއާދަކުރަނިވި ހަކަތައިގެ ދާއިރާ.
  7. ރާއްޖެއަށް އާ ޓެކްނޮލޮޖީ ތައާރަފުކުރުމުގެ މަސައްކަތްތައް.
  8. ފުޑް ސެކިއުރިޓީގެ ދާއިރާ.
  9. ތެލާއި، ގޭހާއި، މިނަރަލް އެކްސްޕްލޮރޭޝަންގެ މަސައްކަތްތައް.

މީގެ އިތުރުން، 500 މިލިއަން ޑޮލަރުގެ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓް މަޝްރޫއުތަކުގައި، އެ އަދަދު ހާއްސަކުރަންވާނީ ސީދާ ޓައުންޝިޕް ތަރައްގީކުރުމުގެ ކޮމްޕޯނަންޓްތަކަށް ކަމަށްވެސް ރައީސްގެ ގަރާރުގައި ކަނޑައަޅުއްވާފައިވެ އެވެ.

މި ނިންމެވުމަކީ މިދިޔަ އަހަރުގެ ޖަނަވަރީ މަހު ނެރުއްވި ގަރާރު މުރާޖައާ ކުރެއްވުމަށްފަހު، ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް ބޮޑެތި އިންވެސްޓްމަންޓްތަކަށް ފުރުސަތު ހުޅުވާލުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށް ރައީސް އޮފީހުން ހާމަކުރި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

4 ގަޑިއިރު ކުރިން - 15:20

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

11 ގަޑިއިރު ކުރިން - 08:31

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

2 ދުވަސް ކުރިން - 14:15

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

2 ދުވަސް ކުރިން - 10:37

ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ: ރައީސް

“ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ”

2 ދުވަސް ކުރިން - 10:22

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ - ރައީސް

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ

2 ދުވަސް ކުރިން - 10:02