ތެލުގެ ދަތިކަމުގެ ސަބަބުން ޣައްޒާގެ އުތުރުގައި އޮންނަ އަލްއައުދާ ހޮސްޕިޓަލުގެ އޮޕަރޭޝަންތައް ހުއްޓާލަން މަޖުބޫރުވެއްޖެއެވެ.
މި ސާޖަރީތައް ލަސްކުރުމުން ބަލިމީހުންގެ ސިއްހަތު އިތުރަށް ގޯސްވެ ބޮޑެތި އިންފެކްޝަންތައް އުފެދި އިންސާނީ ދަތިކަން އިތުރަށް ގޯސްވެދާނެ ކަމަށް މެޑިކަލް ތަޖުރިބާކާރުން އިންޒާރު ދެއެވެ.
ތެލުގެ ދަތިކަމަކީ ޣައްޒާގެ ސިއްހީ ފަރުވާގެ އިންފްރާސްޓްރަކްޗާ ނާޒުކުވެފައިވާ އިސްރާއީލުން މިހާރު ކުރިއަށްދާ ޖަރީމާ ތަކުގެ ސީދާ ނަތީޖާއެކެވެ. މި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކޮންމެހެން ބޭނުންވާ ސިއްހީ ސާމާނު ފޯރުކޮށްދިނުން ހަނިވެގެން ދިއުމާއި އެކު ކަރަންޓް ކެނޑި، ހޮސްޕިޓަލްތައް ރަނގަޅަށް މަސައްކަތް ނުކުރެވޭ ގޮތް ވެފައިވެ އެވެ.
އަލްއައުދާ ހޮސްޕިޓަލް ބަންދުކުރުމަކީ ހާލަތު ނާޒުކުވެފައިވާ ބަލި މީހުން މަރުވާ ރޭޓް އިތުރުވާނެ ކަމަށް ބެލެވޭ ހިތާމަވެރި ކަމެކެވެ.
ޣައްޒާގައި މިހާރު ހިނގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާތަކުގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 40،000 އަށް ވުރެ މައްޗަށް ގޮސްފައެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަނީ އެ އަނިޔާވެރިކަން ކުށްވެރިކޮށް، އެއީ ނަސްލު ނައްތާލުމެއް ކަމަށް ބުނެފައެވެ.
ޣައްޒާގެ ސިއްހީ ނިޒާމު ފުނޑުފުނޑުވަމުންދާއިރު، ސިއްހީ ފަރުވާ ނުލިބުމަކީ ފަލަސްތީނުގެ 2.3 މިލިއަނަށް ވުރެ ގިނަ ރައްޔިތުން ތަހައްމަލުކުރަމުންދާ ނުރައްކަލެކެވެ.



