ތައިލެންޑްގެ އަލަށް އިންތިޚާބުވި ބޮޑުވަޒީރު ޕޭޓޮންގޓާން ޗިނަވާތު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު ދަންނަވައި ދިވެހި ސަރުކާރާއި އެކު އިތުރަށް ގުޅުން ބަދަހި ކުރަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވި ، އެކަމަނާއަށް ތަހުނިޔާ ދެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކުރެއްވެވި އެކްސް ޕޯސްޓާއި ގުޅިގެންނެވެ.. އެކަމަނާގެ ވިސްނުންފުޅަކީ އެކި ދާއިރާތަކުން އެއްބާރުލުން ފުޅާކޮށް ދިވެހި ސަރުކާރާއި ގާތުން މަސައްކަތް ކުރުމެވެ.
ޕޭޓޮންގޓާން ޗިނަވާތުއަށް އިންތިހާބުވެވަޑައިގަތީ ފިއު ތައި ޕާޓީގެ ކުރީގެ ބޮޑުވަޒީރު ސެތާ ތަވިސިންއާ ދެކޮޅަށް އެޤައުމުގެ އެންމެ މަތީ ކޯޓުން ކުރެއްވި ޙުކުމަށްފަހު އެ މަޤާމު ހުސްވުމާއި ގުޅިގެން ، އެޤައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ ވޯޓު ލިބިވަޑައިގެންނެވެ. އެއީ 319 ވޯޓެވެ. އެކަމަނާއަކީ ތައިލެންޑުގައި ބޮޑުވަޒީރުގެ މަގާމު ފުރުއްވާ ދެވަނަ އަންހެން ބޭފުޅާއެވެ. މީގެ ކުރިން އެކަމަނާގެ ބައްޕާފުޅު ތަކްސިންގެ ވެސް ވަނީ ވަނީ ބޮބޮޑުވަޒީރުގެ މަޤާމް ފުރުއްވާފައެވެ.


