ކުރީގެ ވެރިކަމުގައި އަރބަން ޕްލޭނިންގގައި ގެންގުޅުނު އުސޫލަށް ރައްޔިުންގެ މަޖިލީހުގައި މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އިއްޒަތްތެރި މެމްބަރަކު ވިދާޅުވީ މާލެއަށް މީހުން ތޮއްޖެހުމުގެ ކުރީއްސުރެވެސް މާލެއަކީ އެއްވެސް ޕްލޭނެއް ކޮށްގެން ހަދާފައިވާ ތަނެއް ނޫންކަމަށާއި، އޭރަކު މާލެ ތޮއްޖެހޭނެކަމަށް ނުވެސް ވިސްނަވާކަމަށާއި، އެންމެ ފުރަތަމަ އެފަދަ ކަމަކާއިމެދު ވިސްނަންފެށީވެސް ބޮޑުރާޅު އަރައިގެން ބޭރުގެ ސަރުކާރުން މާލެ ވަށައި ބޑުހިލަ ޖެހި ހިސާބުން ކަމަށް މެމްބަރަކު ވިދާޅުވިއެވެ.
މީގެ އިތުރުން އެމްޑީޕީގެ ވެރިކަމުގައި އާބަން ޑިވެލޮޕްމެންޓް ޕްލޭން ހަލާކުކޮށްލި ކަމަށާއި އެގޮތުން ނުލާހިކު ރަނގޅަށް ފަރުމާކޮށް ޗާޓު ހަދާފައިވާ ހުޅުމާލެއިން އެމްޑީޕީގެ އެކްޓިވިސްޓުންނަށް ގޯތި ދިނުމަށްޓަކައި ޖަންކްޝަން ހޮޅިތަކުގެ މަތިންނާއި ގިފިލިތަކުގެ ތެރެއިން ވެސް ގޯތި ދީފައިވާކަން ފާހަގަކުރެއްވިއެވެ.
މެމްބަރަކު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ރަނގަޅު މާސްޓަ ޕްލޭނަކާ ނުލައި ފަށާފައިވާ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ބިން ބަހާލުން ހަލަބޮލިވެފައިވާ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހިލޭ ބިން ދޫކުރީ ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށާއި، ގޯތިތައް ދޫކޮށްފައިވަނީ "މަގުގެ މެދުން، ގެތަކުގެ ގޯތިތެރެއިން، އަދި ނަރުދަމާ ޖަންކްޝަންތަކުގެ މަތިން" ކަމަށެވެ.
އާބަން ޑިވެލޮޕްމަންޓަށް މަގުދައްކައިދޭނެ ފުރިހަމަ މާސްޓާ ޕްލޭނެއް އެކުލަވާލުމުގެ މުހިންމުކަން ފާހަގަކުރައްވައި، ކުރިއަށް އޮތް މަޝްރޫއުތައް ރަނގަޅަށް ބެލެހެއްޓުމާއި، ގައުމުގެ ފުޅާ ތަރައްގީގެ އަމާޒުތަކާ އެއްގޮތްވާ މަޝްރޫއުތަކެއް އެކުލަވާލުމުގެ ބޭނުންތެރިކަން މެމްބަރުން ފާހަގަކުރައްވާފައި ވެއެވެ.



