ދިރާސާތަކަށް ޚާއްސަކޮށްގެން ރާއްޖޭގައި ކުރިއަށްގެންދާ ބައިނަލްއަޤްވާމީ އެންމެ ބޮޑު ކޮންފަރެންސް "ތެވެލި"ގެ 7ވަނަ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ މުސްތަޤްބަލް ބައްޓަންކުރުމުގައި ރިސާޗްގެ މުހިންމު ދައުރު ރައީސް ޑރ،މުހައްމަދު މުއިއްޒު އަލިއަޅުވާލައްވައިފިއެވެ.
އެ ތަގުރީރަކީ ގައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ކޮންމެހެން ބޭނުންތެރި ދިރާސާތަކުގެ މައްޗަށް ބިނާވެފައިވާ މުޖުތަމައެއް އުފެއްދުމަށް ޢިލްމުވެރިންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި އަމިއްލަ ފަރާތްތައް އެއްބައިވަންތަވުމަށް ގޮވާލެއްވި ތަގުރީރެކެވެ.
އެހެންކަމުން، ރައީސްގެ ވާހަކަފުޅުން އެނގޭ ޙަޤީގަތަކީ މިއަދު ޤައުމަށް މުހިއްމީ ޢިމްލީ ބޭފުޅުންނެވެ. ޚާއްޞަކޮށް ދިރާސާކުރުމުގެ ރޮނގުގައި ބައިނަލްއަޤްވާމީ ޕްލެޓްފޯމުން ފެންނަންހުރި ފަރާތްތަކުގެ ދައުރު ރާއްޖޭގެ ކުރިމަގަށް މުހިއްމުކަމެވެ.
ދިރާސާއާއި ބެހޭގޮތުން ރައީސް މުއިއްޒުގެ ވިސްނުންފުޅަކީ، މުޖުތަމަޢުތައް ކުރިއަށް ދިއުމަށް އެންމެ ބޮޑު އެއް އެހީތެރިކަމެއް ވެދޭއެއްޗަކީ ދިރާސާކަމެވެ. ގޮންޖެހުންތަކަށް ހޭނުމަށް އެހީތެރިވެދެނީ ދިރާސާކަމެވެ.
އެހެންކަމުން، ދިވެހިރާއްޖެއަށް މިކަމުގެ މާނައަކީ ސިޔާސަތު ކަނޑައެޅުމާއި އިޤްތިޞާދީ ސްޓްރެޓެޖީތަކުގެ މައިގަނޑުގައި ރިސާޗް އޮންނަންޖެހޭނެ ކަމެވެ.

ދިރާސާތަކަށް ޚާއްސަކޮށްގެން ރާއްޖޭގައި ކުރިއަށްގެންދާ ބައިނަލްއަޤްވާމީ އެންމެ ބޮޑު ކޮންފަރެންސް ގެތެރެއިން
ޚާއްޞަކޮށް ތިމާވެށީގެ ދެމެހެއްޓެނިވިކަމާއި، އާންމު ސިއްޙަތާއި، އިޤްތިޞާދީ ތަރައްޤީ ފަދަ އެތައް ދާއިރާތަކެއް ހިމެނޭ މައްސަލަތައް ހައްލުކުރުމުގައި ދިރާސާތައް މުހިއްމެވެ. ދިރާސާވެރިން ގުޅިގެން ، އެކުވެގެންނެވެ. މިފަދަ އެއްބާރުލުން އުފެއްދުމުގެ ސަބަބުން، ރާއްޖެއަށް އެކި ދާއިރާތަކުން މިހާރު ނުފެނި ހުރި ހައްލުތައް ފަސޭހަކަމާއެކު ފެންނާނެއެވެ. ގައުމީ ރިސާޗް ކައުންސިލެއް ރާއްޖެއަށް ކޮންމެހެންވެސް މުހިއްމެވެ.
މިކަމާއި ގުޅިގެން މަނިޓަރީ އޮތޯރިޓީ އޮފް މޯލްޑިވްސްގެ ކުރީގެ އިސް އޮފިޝަލެއް ކަމަށްވާ ރާއްޖޭގެ ރިސާޗް އެނަލިސްޓް ނިހާލް ސަލީމް ވަނީ ތަޖުރިބާގެ ހެކިތަކުގައި ސިޔާސަތުތައް ގްރައުންޑުކޮށް ގައުމީ އިސްކަންދޭ ކަންކަމާ އެއްގޮތްކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައެވެ. މިހާރު އިގްތިސާދީ ދިރާސާތަކުގައި އިނގިރޭސިވިލާތާއި ރަޝިޔާއާއި އީރާނާއި ގްރީސްގެ ޕްރޮފެސަރުންނާ ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ރާއްޖޭގެ ނިހާލް ވަނީ ޚާއްސަކޮށް މާލީ ކަންކަމުގައި ހެކިތަކަށް ބިނާކޮށް ނިންމުންތައް ނިންމުމުގެ ވަރަށް ބޮޑު ބޭނުންތެރިކަން ފާހަގަކުރައްވާފައެވެ.
ކްރިޕްޓޯކަރަންސީގެ ސަބަބުން ކުރިމަތިވާ އިގްތިސާދީ ގޮންޖެހުންތަކާ ބެހޭ ގޮތުން ބައިނަލްއަގްވާމީ ދިރާސާތަކެއް ކުރައްވާފައިވާ ނިހާލް ފާހަގަކުރެއްވި ގޮތުގައި މިފަދަ އުސޫލަކީ ސިޔާސަތު ކަނޑައެޅުމަށް މުހިންމު ކަމެކެވެ. ޔުނިވާސިޓީ އޮފް ލަންޑަނާއި ޔުނިވާސިޓީ އޮފް ވެސްޓް ލަންޑަންގެ ޕްރޮފެސަރުންނާ ގުޅިގެން އޭނާ ދާދި ފަހުން ކުރި މަސައްކަތްތަކުގެ ތެރޭގައި އިގްތިސާދަށް ކްރިޕްޓޯކަރަންސީގެ އަސަރު ކުރާ ފޮތެއް ލިޔުއްވިއެވެ. މިއީ ޚާއްޞަކޮށް އެމެރިކާގެ މާލީ އިދާރާތަކާއި ދިރާސާކުރާ ފަރާތްތަކަށް އެހީތެރިވެދޭ ފޮތެއްކަން ފާހަގަ ކުރެވެއެވެ.
ބޭރުގެ ޕްރޮފެސަރުންނާއެކު ރިސާރޗް ހެދުމުގައި މަސައްކަތް ކުރައްވާ ރާއްޖޭގެ ނިހާލު ވިދާޅުވީ ރާއްޖޭގެ ވެރިކަމުގައި މިވަގުތު ހުންނެވީ ޕީއެޗްޑީ ބޭފުޅެއް ކަމުން، ރިސާޗްގެ މުހިއްމުކަން އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާނީ ޑރމުއިއްޒުކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.
ބައިނަލްއަޤްވާމީ ޕްރޮފެސަރުންނާއެކު މަސައްކަތް ކުރައްވާ ރާއްޖޭގެ ކުޅަދާނަ ރިސަރޗް އެނަލިސްޓް މުހައްމަދު ނިހާލް ސަލީމްގެ ކްރިޕްޓޯ ކަރަންސީއާއި ގުޅުންހުރި ރިސާޗް. މި ފޮތް އެމޭޒަން އިން ބައިނަލް އަޤްވާމީ މާކެޓުގައި ލިބެން ހުރިއިރު ، މިފޮތް މާލީ އިދާރާތަކާއި ދިރާސާކުރާ ފަރާތްތަކަށް އެހީތެރިވެދޭ
ރައީސް މުއިއްޒު ގަބޫލުފުޅުކުރައްވާ ގޮތުގައި ގައުމުގެ ތަރައްގީއަށް ހަރުދަނާ ރިސާޗް އިކޯސިސްޓަމެއް މުހިންމެވެ. ރިސާޗަށް އިންވެސްޓްކުރުން ވެސް މުހިއްމެވެ. ދުނިޔޭގެ ތަޖުރިބާއާއި ވަސީލަތްތައް ބޭނުންކޮށްގެން، ގައުމުގެ ދިރާސާތަކަކީ ބައިނަލްއަގްވާމީ އެންމެ މަތީ މިންގަނޑުތަކަށް ފެތޭ ދިރާސާތަކެއްކަން ކަށަވަރުކުރަން ޖެހެއެވެ.
ފާހަގަ ކޮށްލަން މުހިއްމު:
ދެކުނު ކޮރެއާ އާއި ސިންގަޕޫރު ފަދަ ގައުމުތަކުން އިގްތިސާދު ބިނާކޮށްފައިވަނީ ދިރާސާގެ ބިންގަލެއްގެ މައްޗަށެވެ. ދެކުނު ކޮރެއާ އިން ރިސާޗް އެންޑް ޑިވެލޮޕްމަންޓް (އާރްއެންޑްޑީ) އަށް ކުރާ އިންވެސްޓްމަންޓުން ޓެކްނޮލޮޖީ ދާއިރާއިން ކުރިއަރާފައިވާއިރު، އެގައުމުގެ އިގްތިސާދީ ހަލުވި ކުރިއެރުމަށް އެހީތެރިވެދީފައިވެ އެވެ.
ހަމައެފަދައިން ސިންގަޕޫރުން އާރްއެންޑްޑީއަށް ބާރުއެޅުމުގެ ސަބަބުން ސައިންޓިފިކް ރިސާޗްގެ ގްލޯބަލް ހަބެއްގެ ގޮތުގައި މިއަދު ސިންގަޕޫރު އެއޮތީ ފެންނާށެވެ.
މި މިސާލުތަކުން އެނގޭ ގޮތުގައި ދިރާސާތަކަށް އިސްކަންދޭ ގައުމުތަކަކީ މޫސުމަށް އަންނަ ބަދަލުތަކުން ފެށިގެން އިގްތިޞާދާއި އާންމު ސިއްހަތުގެ ދަތިތަކާ ހަމައަށް ޒަމާނީ ގޮންޖެހުންތަކާ ކުރިމަތިލާން މާ ރަނގަޅަށް ތައްޔާރުވެފައިވާ ގައުމުތަކެކެވެ. އެހެންކަމުން މިއަދު ރާއްޖެއަށް މުހިންމީ ބައިނަލްއަޤްވާމީ މައިދާނުގައި ތިބި ދިރާސާ ކުރާ ފަރާތްތަކުގެ އެހީތެރިކަމެވެ.



