Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަދުހަމަށް ސީރިއަސް ތުހުމަތުތަކެއް އަމާޒުވެފައި ވަނިކޮށް ޝަހީދު "ޓޫ އޮފް އަސް" އާ ދުރަށް!

އަދުހަމަށް ސީރިއަސް ތުހުމަތުތަކެއް އަމާޒުވެފައި ވަނިކޮށް ޝަހީދު "ޓޫ އޮފް އަސް" އާ ދުރަށް!

މުހައްމަދު ޖަމްޝަތު
230 ދުވަސް ކުރިން - 17 ޖެނުއަރީ 2026 19:27
"ޓޫ އޮފް އަސް" އިންޑިއާގައި ބޭއްވި ބެޓަލް އޮފް ބޭންޑްސް މުބާރާތުގައި---
"ޓޫ އޮފް އަސް" އިންޑިއާގައި ބޭއްވި ބެޓަލް އޮފް ބޭންޑްސް މުބާރާތުގައި---
ޚުލާސާ

ޝަހީދު ބޭންޑުން ވަކިވީ އަހުމަދު އަދުހަމަށް ފައިސާއާ ގުޅޭ ސީރިއަސް ތުހުމަތުތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގަ. ޝަހީދުވެސް ވަނީ ބޭންޑުގައި އެފަދަ މައްސަލަ ހުރިކަމަށް ތުހުމަތުކޮށްފަ

ދިވެހިންގެ މެދުގައި މިފަހުން މަގުބޫލުކަން ހޯދި ބޭންޑު "ޓޫ އޮފް އަސް" އިން އަހުމަދު ޝަހީދު (ޝަހީދު ލެގެސީ) ވަކިވެއްޖެ އެވެ.

މަޝްހޫރު ގިޓަރިސްޓް ޝަހީދު "ޓޫ އޮފް އަސް" އިން ވަކިވިކަން ހާމަކޮށް މިއަދު ވަނީ ބަޔާނެއްވެސް ނެރެފަ އެވެ.

އޭނާ ބޭންޑުން ވަކިވެފައި މިވަނީ "ޓޫ އޮފް އަސް"ގެ ލީޑް ލަވަކިޔުންތެރިޔާ އަހުމަދު އަދުހަމަށް ފައިސާއާ ގުޅޭ ސީރިއަސް ތުހުމަތުތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން އެތަށް ބަޔަކަށް ފައިސާ ނުދީ، ކްރެޑިޓަށް މަސައްކަތްކުރުވި މައްސަލަތަކެއްގެ ތުހުމަތު އޭނާއަށް ކޮށްފައިވާއިރު، މިއުޒީޝަނުން، ފޮޓޯގްރާފަރުން، އިވެންޓްތައް އޯގަނައިޒް ކުރާ ފަރާތްތަކުގެ އިތުރުން ސައުންޑް އެންޑް ލައިޓްނިންގެ ކުންފުނިތަކުން ފައިސާ ނެގުމަށްފަހު ފައިސާ ނުދީ ކްރެޑިޓަށް މަސައްކަތްކުރުވި މައްސަލަތަކެއް ތުހުމަތު އޭނާއަށް ވަނީ ކޮށްފަ އެވެ.

Advertisement

Advertisement 1

އަދި ޝަހިދު މިއަދު ނެރުނު ބަޔާނުގައިވެސް ބޭންޑު ތެރޭގައި ފައިސާގެ މައްސަލަތަކެއް އުޅޭ ކަމުގެ ތުހުމަތު ތަކެއް ވަނީ ކޮށްފަ އެވެ.

ޝަހީދު ނެރުނު ބަޔާނުގައި ބުނީ ބޭންޑް ދޫކޮށްލަން ނިންމި ނިންމުމަކީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށާއި ވަކިވާން ނިންމީ ބޭންޑުގައި ގިނަ އަސާސީ މައްސަލަތަކެއް ހުރުމުގެ ސަބަބުން ކަމަށެވެ.

އެގޮތުން ބޭންޑުގައި ފައިސާގެ ޓްރާންސްޕޭރެންސީއެއް ނެތް ކަމަށާއި ލިބެންޖެހޭ ޕޭމަންޓުތައްވެސް ގަވާއިދުން ނުލިބޭ ކަމަށް އޭނާ ވަނީ ތުހުމަތުކޮށްފަ އެވެ.

ޝަހީދު ބުނީ ބޭންޑުގައި އާޓިސްޓިކް ނުވަތަ ޕްރޮފެޝަނަލް ކުރިއެރުމެއް ނެތް ކަމަށާއި ބޭންޑު މެމްބަރުންގެ މެދުގައި އޮންނަންޖެހޭ އިހުތިރާމެއް ވެސް ނެތް ކަމަށެވެ. އަދި ބޭންޑުގެ މިސްރާބު ހުރީ އޭނާގެ ސްޓައިލާއި ކްރިއޭޓިވް އައިޑެންޓިޓީއާ އެއްގޮތްވާ ގޮތަކަށް ނޫން ކަމަށެވެ. އެގޮތުން އާ ލަވައެއް ނެރެން ބޭންޑުން މަސައްކަތް ނުކޮށް ކޮޕީ ލަވަ ކިޔަން ހަދައިގެން އޭނާގެ ކްރިއޭޓިވިޓީ ނުދެއްކޭ ކަން ޝަހީދު ވަނީ ފާހަގަކޮށްފަ އެވެ.

ޝަހީދު އިތުރަށް ފާހަގަކުރި ގޮތުގައި ބޭންޑެއްގެ މަސައްކަތަކަށް ވުރެ ބޮޑަށް "ޓޫ އޮފް އަސް" ފެންނަމުން ދިޔައީ "ވަން-މޭން ޝޯ" އެއްގެ ގޮތުގަ އެވެ.

"އެންމެ ބޮޑު ހިތާމައަކީ މިއުޒިކްގެ ދާއިރާގައި އަޅުގަނޑުގެ 25 އަހަރުގެ ތަޖުރިބާ ބަލައިނުގަނެ އިހުތިރާމް ނުކުރުން. މި ހުރިހާ ކަމަކާ އެކުވެސް، ޓޫ އޮފް އަސްގެ ބެނާގައި ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުން ވަރަށް ބޮޑަށް ޝުކުރުވެރިވަން. "ބެޓްލް" ގެ އެ ބައި އަދި ބޭންޑްސް އިންޓަނޭޝަނަލް އެވޯޑަށް އަހަރެން ވަރަށް ބުރަކޮށް މަސައްކަތް ކުރިން. އެ ތަޖުރިބާ އަބަދުވެސް ހަނދާން ހުންނާނެ. އެ އެވޯޑާ މެދު ފަހުރުވެރިވަން،" ޝަހީދުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޝަހީދު އިތުރަށް ބުނީ ބޭންޑުގެ ދެންތިބި މެމްބަރުންނަށް ކުރިއެރުން ލިބުމަށް އެދޭ ކަމަށެވެ. އަދި އޭނާ ބޭންޑާ ވަކިވަނީ އާޓިސްޓެއްގެ ހައިސިއްޔަތުން އޭނާ އަކީ ކާކުކަން ރަމްޒުކޮށްދޭ މިއުޒިކަށް ފޯކަސް ކުރުމަށް ކަމަށްވެސް ބުންޏެވެ.

މިއުޒިކްޓޫ އޮފް އަސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް