96 ގްރާމުގެ މަސްތުވާތަކެއްޗާއެކު ގައްދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެ ރަށު ފަހާގެ، އުމުރުން 38 އަހަރުގެ އަލީ ނާސިރު ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ގދ. ގައްދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތިން ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެންނެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިވާ ކަމަށާއި މި ތަކެތީގެ ވަގުތީ ބަރުދަނުގައި 96.45 ގްރާމް ހުރި ކަމަށެވެ.
މި މައްސަލައާ ގުޅިގެން ގައްދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.



