ހަނގުރާމަ ހުއްޓާލުގުޅޭގޮތުން ކުރަމުންދާ މަސައްކަތް އަވަސްކޮށް އެއްބަސްވުމަކަށް އާދެވޭތޯ ބެލުމުގެ ނަމުވައި އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބްލިންކެން އިޒްރޭލަށް ވަޑައިގެންފިއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު އިޒްރޭލަށް ވަޑައިގެން މިވަގުތަކީ އިޒްރޭލުން ފަލަސްތީނުގައި ހިންގާ ނަސްލު ނައްތާލުމު ޖަރީމާތައް ހުއްޓުވުމުގެ ނަމުގައި އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމާއި ގުޅޭގޮތުން އިޒްރޭލުގެ މަސްޢޫލުވެރިންނާއެކު އެމެރިކާ އާއި ޤަތަރާއި މިޞްރު ގެ މަސްޢޫލުވެރިންގެ މެދުގައި ބައްދަލުވުންތަކެއް ޤަތަރުގައި ބާއްވާފައިވާ ވަގުތެއްގައި ކުރެއްވި ދަތުރުކެވެ.
ފާހަގަކުރެވޭ ކަމަކީ ޞުލްޙައިގެ ނަމުގައި އެމެރިކާ މަސައްކަތްކުރާކަން ދެއްކި ނަމަވެސް އިޒްރޭލުން ފަލަސްތީނުގައި ހިންގާ ޤަތުލު ޢާއްމު ފެށުމާއެކު އެކު އެމެރިކާއިން އިޒްރޭލަށް ފޮނުވާ ހަތިޔާރާއި ފައިސާގެ އެހީތަކަށް ހުއްޓާލާފައި ނުވާކަމެވެ. މިދުވަސްވަރަކީ އެމެރިކާގެ ރިޔާސީ އިންތިޚާބު ގާތްވަމުން އަންނަ ދުވަސްވަރަކަށް ވުމުން އިޒްރޭލުގެ މަޞްލަޙަތާއި ފުށުއަރާ ގޮތަކަށް އެމެރިކާއިން ކަމެއް ކޮށްފާނެ ކަމަކަށް މެދުއިރުމަތީ ގެ މައްސަލަތައް ދިރާސާކުރާ ފަރާތްތަކުން ނުދެކެއެވެ.
މިކަމުގެ ހެއްކަކަށް އެބޭފުޅުން ވިދާޅުވަނީ އިޒްރޭލުން ފަލަސްތީނާއި ދެކޮޅަށް ހިންގާ ޖަރީމާތަކާއި ދެކޮޅު ހެދުމަށް ދާދިފަހުން އެމެރިކާގެ ޔުނިވަރުސިޓީ ގެ ކިޔަވާކުދިން ކުރި އިހުތިޖާޖުތައް ހުއްޓުވުމަށް އެމެރިކާ ފުލުހުން އެކަށީގެން ނުވާ ބާރުގެ ބޭނުން ކުރުމާއި ޔުނިވަރު ސިޓީތަކުގެ ޓީޗަރުންނާއި ޑީން ވަކިކޮށްފައިވުމާއި ނަސްލުނައްތާލުމަށް އިޒްރޭލުން ހިންގާ ހަނގުރާމަ ފަށާފައިވަނީ ، އެމެރިކާ އާއި ބައެއް ޢަރަބި ޤައުމުތަކުގެ ރުހުން ލިބިގެންކަމަށްވުމެވެ.



