އީރާނުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ފެށުނު މަރުގެ ހުކުމް އިއްވި އިރްފާން ސުލްތާނީގެ ޙުކުމް ތަންފީޛް ކުރުން ފަސްކޮށްފައިވާ ކަމަށް އޭނާގެ ޢާއިލާ އާއި ޙަވާލާދީ ޚަބަރުތައް ބުނެފިއެވެ.
ތެހެރާނުގެ ހުޅަނގު އުތުރުން މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފައިވާ ހުޅަނގުގެ އެޖެންޓް މެރުމަށް ހަމަޖެހިފައި އޮތީ އިއްޔެ ކަމަށް ހައްގުތަކާ ބެހޭ ޖަމާއަތްތަކުން ބުނެ އެވެ.
އޭނާ މަރުގެ އަދަބު ދިނުމަށް ހަމަޖެހިފައިވާތާ ގަޑިއެއްހާއިރު ފަހުން އިއްޔެ ޖަލުގެ ކަމާބެހޭ ފަރާތްތަކުން އިރްފާނުގެ ޢާއިލާ އަށް ގުޅައިގެން ބުނީ މަރުގެ އަދަބު ދިނުން ފަސްކޮށްފައިވާ ކަމަށާއި، އިތުރު ތަފްސީލެއް ނުދޭ ކަމަށެވެ.
އަލްޖަޒީރާ އިން ބުނާ ގޮތުގައި އީރާނުގެ ފޮރިން މިނިސްޓަރު ޢައްބާސް ޢަރާޤްޖީ ވިދާޅުވީ ދަންޖެއްސުމުގެ ޕްލޭނެއް އެ ޤައުމުން ނުގެންގުޅޭ ކަމަށެވެ.
ބައެއް މީޑިއާތަކުން ބުނާ ގޮތުގައި އީރާނުން މި ނިންމުން ނިންމީ ބޭރުގެ ޕްރެޝަރު ބޮޑުވެ އެމެރިކާއިން އީރާނަށް ނުރައްކާތެރި ޙަމަލާތަކެއް ދީފާނެތީއެވެ.
އީރާނުން ބުނީ އެ ޤައުމު އޮތީ އެމެރިކާ އާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ހުރިހާ ގޮތަކުން ތައްޔާރަށެވެ.



