އެމްއެންއެސްޑީއޭ އިން އެސެސަރ ވޯކްޝޮޕެއް ބާއްވައިފި

ސަމްހާ އަލީ | 451 ދުވަސް ކުރިން - 26 އޭޕްރިލް 2024 15:06
ޚުލާސާ

މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އިން އެސެސަރ ވޯކްޝޮޕްގެ ނަމުގައި ވޯކްޝޮޕެއް ބާއްވައިފިއެވެ.

(އެމްއެންއެސްޑީއޭ) އިން އެސެސަރ ވޯކްޝޮޕްގެ ނަމުގައި، މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ވޯކްޝޮޕެއް ބާއްވައިފިއެވެ.

މޯލްޑިވްސް ޕޮލިޓެކްނިގެ ކޮންފަރެންސް ރޫމްގައި ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގައި ޖުމްލަ 41 ނޭޝަނަލް އެސެސަރުން ވަނީ ބައިވެރިވިއެވެ.

މި ވޯކްޝޮޕްގެ ބައިވެރިންނާ އެމްއެންއެސްޑީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ.ޒަހުރާ މުހައްމަދު ބައްދަލުކުރައްވައި، އެސެސަރުންގެ ހިޔާލާއި މަޝްވަރާތަކާއި ގުޅިގެން ނޭޝަނަލް އެސެސްމަންޓް ހަރުދަނާ ކުރުމާއި، ފެންވަރު ހިފެހެއްޓުމަށް ކުރަމުންދާ ކަންކަމުގެ މަޢުލޫމާތު ވަނީ ހިއްސާކުރައްވާފައެވެ. މި ވޯކްޝޮޕްގެ ސެޝަންތައް ނަންގަވައިދެއްވީ އެމްއެންއެސްޑީއޭގެ ސީއީއޯގެ އިތުރުން އެސިސްޓެންޓް ޑިރެކްޓަރ އައިޝަތު ނާޖީ ޙުސައިން އަދި ސީނިއަރ އެޑްމިން އޮފިސަރ އައިޝަތު އަޒުލާ ޤާސިމްއެވެ.

ނޭޝަނަލް އެސެސްމަންޓަކީ ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑަށް ފަންނީ މަސައްކަތް ދަސްކުރާ ފަރާތްތަކަށް ވަކި މަސައްކަތެއް ވަކި ފެންވަރެއްގައި ކުރަން އެނގޭކަން ރަސްމީ ސިފައެއްގައި ކަނޑައެޅުމަށްޓަކައި ބޭނުންކުރާ މިންގަނޑާއި އަޅާކިޔައި، މަސައްކަތް ކުރުމަށް ބޭނުންވާ ހުނަރާއި، މައުލޫމާތާއި، މަސައްކަތުގެ އަހްލާގު އެމީހެއްގެ ކިބައިގައި ހުރި މިންވަރު ވަޒަންކުރުމަށްޓަކައި ކިޔަވައިދޭ އިންސްޓިޓިއުޓްތަކުން ކުރިއަށް ގެންދާ އިމްތިހާނުތަކުގެ އިތުރުން ނޭޝަނަލް އެސެސަރުން މެދުވެރިކޮށް ކުރިޔަށްގެންދާ އިމްތިހާނެކެވެ.

އެމްއެންއެސްޑީއޭ އަކީ ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ހަވަނަ ބާބުގެ މަސައްކަތުގެ ތައުލީމާއި ތަމްރީނުދިނުމުގެ ގައުމީ ނިޒާމްގެ ދަށުން އުފެދިފައިވާ އޮތޯރިޓީއެކެވެ. މި އޮތޯރިޓީ ހިނގަމުންދަނީ މިނިސްޓްރީ އޮފް ހަޔަ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުންނެވެ.

އެސެސަރ ވޯކްޝޮޕަކީ އެމްއެންއެސްޑީއޭގެ ނޭޝަނަލް އެސެސްމަންޓް ތަކުގެ ފެންވަރު ހިފެހެއްޓުމާއި، ނޭޝަނަލް އެސެސްމަންޓް ކުރިއަށް ގެންދާނެގޮތް އެސެސަރުންނަށް ކިޔައިދިނުމާއި، ނޭޝަނަލް އެސެސްމަންޓްތައް ކުރިއަށްގެންދިޔުމުގައި އެސެސަރުންގެ ކަންބޮޑުވުންތައް ޙިއްސާކުރުމަށާއި، އެސެސަރުންގެ ތަޖުރިބާއާއިޚިޔާލާއި މަޝްވަރާ ހޯދުމަށް ކުރިއަށް ގެންދެވުނު ވޯކްޝޮޕެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%