ތައިލެންޑުގެ އަލަށް އިންތިހާބުވި ބޮޑުވަޒީރު ޕޭޓޮންގޓާން ޗިނަވާތުއަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.
މިހާތަނަށް ތައިލެންޑުގެ ބޮޑުވަޒީރުކަމަށް އިންތިހާބުވި އެންމެ ޒުވާން ބޭފުޅާކަން ފާޙަގަކުރައްވާ ރައީސް ކުރެއްވި އެކްސްގައި ވަނީ އެކަމަކާނެ ވެރިކަމުގައި ތައިލެންޑަށް ކުރިއެރުން ލިބޭނެކަމަށާޢި އަދި ދިވެހިރާއްޖެއާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
. ޕޭޓޮންގޓާން ޗިނަވާތުއަށް ތައިލެންޑްގެ ގާނޫނު ހަދާ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ ވޯޓު ލިބިވަޑައިގެންނެވިއެވެ. އެއީ 319 ވޯޓެވެ.
ޕޭޓޮންގޓާން ޗިނަވާތުއަށް އިންތިހާބުވެވަޑައިގަތީ ފިއު ތައި ޕާޓީގެ ކުރީގެ ބޮޑުވަޒީރު ސެތާ ތަވިސިންއާ ދެކޮޅަށް އެޤައުމުގެ އެންމެ މަތީ ކޯޓުން ކުރެއްވި ޙުކުމަށްފަހު އެ މަޤާމު ހުސްވުމާއި ގުޅިގެންނެވެ. ތައިލެންޑުގައި ބޮޑުވަޒީރުގެ މަގާމު ފުރުއްވާ ދެވަނަ އަންހެން ބޭފުޅާ އަކީ ގައުމު ލީޑް ކުރާ އެއާއިލާގެ 3ވަނަ މެމްބަރެވެ.
މީގެ ކުރިން ސަރުކާރުގެ ތަޖުރިބާއެއް ނެތް ނަމަވެސް، އެކަމަނާ ވެރިކަމަށް އައުމުގެ ބޮޑު ބައެއް ނިސްބަތްވަނީ ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު އަދި އޭނާގެ ބައްޕަ ތަކްސިންގެ ނުފޫޒާއި އެންޑޯސްމަންޓަށް ކަމަށް ބެލެވެއެވެ.



