2019 ވަނަ އަހަރު ލަވް އައިލެންޑް ޕްރޮގްރާމްގެ ތެރެއިން ބައްދަލުވި ޓޮމީ ފިއުރީ އާއި މޯލީ-މާ ދިގު މުއްދަތަކަށް އެއްކޮށް އުޅުމަަށްފަހު ވަކިވެފައިވާ ކަމުގެ ޚަބަރު ލިބިއްޖެއެވެ.
25 އަހަރުގެ ޓޮމީ ފިއުރީ، އޭނާގެ ލޯބިވެރިޔާއާއި 19 މަހުގެ ދަރިފުޅު ބެމްބީ އަނބުރާ ހޯދުމަށް މަސައްކަތްކުރަމުންދާއިރު، މި އިންފްލުއެންސަރުގެ ގާތް ފަރާތްތަކުން ހާމަކޮށްފައިވަނީ ޓޮމީ ވަަނީ މިކަމާ ބޯގޮވާފައެވެ. އޭނާ ވަނީ ވަރަށް ހިތާމަވެރި ހާލަތެއްގައި ކަމަށާއި، އެ ގުޅުން އަލުން އާރާސްތުކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ.
ބުދަ ދުވަހު ދެމީހުންގެ ގުޅުން ނިމުމަކަށް އައިސްފައިވާކަން މޮލީ ރަސްމީކޮށް އިޢުލާނުކުރުމުން، އާންމުން ހައިރާންވެ ކަންބޮޑުވިއެވެ. މި ކަމާ ގުޅޭގޮތުން ޓޮމީ ހާމަކުރި ގޮތުގައި "އަޅުގަނޑުމެންގެ ގުޅުން މިފަދަ ގޮތަކަށް ނިމޭނެ ކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވުނެވެ".
ބައެއް ފަރާތްތްކުން ބުނާ ގޮތުގައި ޓޮމީ "ތަކުރާރުކޮށް" މޮލީ-މޭއަށް ބޭވަފާތެރިވެފައިވާ ކަމުގެ ތުހުމަތުތަކެއް ވެސް ކުރެވެއެވެ.



