ހޮންކޮންގުން 2026 އަށް މަރުހަބާ ކިޔުމަށް ރޭ ހަވާ ނާރުވައެވެ. އެ ޤައުމަކީ އަބަދަުވެސް އާ އަހަރު ފާހަގަ ކުރުމަށް ބޮޑެތި ހަވާއެރުވުމުގެ އިވެންޓުތައް ބާއްވާ ޤައުމެކެވެ.

2025 ވަނަ އަހަރު ފާހަގަ ކުރުމަށް ހޮންކޮންގު ގައި އޮތް ހަވާ އެރުވުމުގެ ތެރެއިން.
ނަމަވެސް މިފަހަރު އެކަން ކެންސަލް ކުރީ ނޮވެމްބަރު ގެ ފަހުކޮޅު ޢާންމުން ދިރިއުޅޭ ފުލެތުތަކުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ އާއި ގުޅިގެން 160 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައި ވާތީއެވެ.
ހޮންކޮންގް ސަރުކާރުން ވަނީ މި ފަހަރުގެ އާއަހަރުގެ އުފާ ފާޅުކުރުންތަކުގައި ހަވާ ނޭރުވުމަށް އިލްތިމާސްކޮށް އިޢުލާނެއް ވެސް ނެރެފައެވެ.
އެ އިޢުލާނުގައި ވަނީ ހަވާ އެރުވުން ކެންސަލް ކުރަނީ (އެފަހަރު) މަރުވި މީހުންގެ އާއިލާތަކަށް އިޙްތިރާމް ކުރުމުގެ ގޮތުންނެވެ.
ނޮވެމްބަރު މަހުގެ ފަހުކޮޅު ހިނގި އަލިފާނުގެ ހާދިސާ އަކި ހޮންކޮންގުގެ ފަހުގެ ތާރީހުގައި ހިނގި އެންމެ ނުރައްކާތެރި އެއް އަލިފާނުގެ ހާދިސާއެވެ.



