ކުރީގެ މަޝްހޫރު ދިވެހި ފިލްމު ޑައިރެކްޓަރު އަބްދުލް ފައްތާހު ކުއްލި ގޮތަކަށް މިރޭ ނިޔާވެއްޖެ އެވެ. އެނގިފައިވާ ގޮތުގައި ފައްތާހު ނިޔާވީ ސްޓްރޯކެއް ޖެހިގެން ފަރުވާދެމުން ދަނިކޮށެވެ.
އުފަން ރަށް ހއ. ކެލާގައި ދިރިއުޅޭ ފައްތާހު އަށް ސްޓްރޯކެއް ޖެހިގެން އިމަޖެންސީގައި ފަރުވާއަށް ހއ. ދިއްދު އަށް ގެންދިޔައީ މިރޭ އިރާކޮޅެވެ. އޭނާ ނިޔާވީ ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށެވެ.
ފައްތާހަކީ މީގެ ކުރިން ކާމިޔާބު އެތައް ފިލްމެއް ޑައިރެކްޓު ކުރައްވާފައިވާ ކުޅަދާނަ ޑައިރެކްޓަރެކެވެ. އޭނާ ރިޓަޔާ ކުރެއްވުމުގެ ކުރިން ޑައިރެކްޓު ކުރައްވާފައިވާ އެންމެ ފަހު ފިލްމަކީ "ހައްދު" އެވެ.
ސަރުކާރުން ވަނީ މުނިފޫހިފިލުވުމުގެ ދާއިރާއިންް ފައްތާހުއަށް ގައުމީ އިނާމު 2004 ވަނަ އަހަރު އަރުވާފައެވެ.



