ކުށަށް ޒިންމާވާ އުމުރު 12 އަހަރަށް ދަށް ކުރަނީވެސް ކުދިންނަށް ވީހާ އަވަހަށް ނިޒާމުގެ ތެރެއިން ޕްރޮގްރާމުތައް ހިންގައި އެކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ފަހަރެއްގަިއވެސް ކުދިންނަށް އަދަބުދީ ބަންދު ކުރުމެއް ނޫން ކަމަށާ ، މަގްސަދަކީ އަވަސް އެހީތެރިކަމެއް ފޯރުކޮށްދީގެން ކޫށުގެ ވެށިން އެކުދިން ސަލާމަތްކުރުމެވެ.
ވަޒީރު ވިދާޅުވީ 12 އަހަރާއި 15 އަހަރާއި ދެމެދުގެ ކުށަށް އަރައިގަންނަ ކުދިންގެ އަދަދު އާދަޔާ ހިލާފަށް ގިނަވަމުންދާ ކަމަށާއި، ކުށުގެ ވެށްޓަށް ކުދިން ހުށަހެޅެނީ ދެގޮތަކުން ކަމަށް ފާހަގަ ކުރެވޭ ކަމަށް ވިދާޅުވިއެވެ. އެއީ ކުށްތަކުގެ ތެރެއަށް އެކުދިން ވައްދައިގެންނާއި އަނެއްގޮތަކީ ސިޔާސަތުތައް ދޯހަޅިވުމުންނެވެ.
"އަޅުގަނޑުމެންގެ އޮބްޖެކްޓިވްއެއް ނޫން އުމުރުން ބާރަ ތޭރަ އަހަރުގެ ކުދިން ގެންގޮސް ޖަލަށް ލައިގެން ގޮޅިތަކުގައި ގެންގުޅުމަކީ. އަޅުގަނޑުމެން ބޭނުމީ އެއް ހަގީގަތް ގަބޫލުކުރަން. އެހަގީގަތަކީ އެކުއްޖާގެ އުމުރަކާއި އެކުއްޖާ ކުރާ ކަމަކާއި މާބޮޑޫ ގުޅުމެއް ނެތްކަން" ވަޒީރު އިހުސާން ވިދާޅުވިއެވެ.



