ގައްޒާގެ ނަސްލު ނައްތާލުމަށްޓަކައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމަށް އެމެރިކާގެ ކުރީގެ ރައީސް އަދި މިހާރުގެ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ތާއީދު ކުރާކަމަށް ހާމަކޮށްފިއެވެ.
ބުރާސްފަތި ދުވަހު ޓުރަމްޕު ބުނީ އޭނާއަށް އަނބުރާ ރިޔާސީ އޮފީހަށް ވަދެވިއްޖެ ކަމަށް ވާނަމަ އިސްރާއީލްގެ ހައްގު ހޯދައިދިނުމަށް ތާއީދު ކުރާނެ ކަމަށާއި، އިސްރާއީލުން ޣައްޒާގައި އެކުރަނީ ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތެއް ކަމަށް ޓްރަމްޕު ސިފަކުރިއެވެ.
ފަލަސްތީނަށް ތާއީދުކޮށް އިސްރާއީލާ ދެކޮޅަށް އެމެރިކާގައި މުޒާހަރާ ކުރާ ފަރާތްތަކަކީ ހަމާސްގެ "ޓެރަރިސްޓުން' ނަށް ހަމްދަރުދީވާ އަދި ހަމާސް އިން އިސްރާއީލަށް ދޭ "ޓެރަރިސްޓް" ހަމަލާތަކަށް ތާއީދުކުރާ ފަރާތްތައް ކަމަށާއި އެފަރާތްތަކަށް އެމެރިކާގައި ޖާގަ ނުދޭނެކަމަށް ވެސް ޓްރަމްޕު ބުންޏެވެ.
ޓްރަމްޕު ބުނީ އޭނާއަށް ވެރިކަން ލިބިއްޖެނަމަ އިސްރާއީލާ ދެކޮޅަށް އަޑުއުފުލާ އަދި މުޒާހަރާކުރާ މީހުންނަކީ ޓެރަރިޒަމަށް ވާގިވެރިވާ ފަރާތްތަކެއްކަމަށް ކަނޑައަޅާނެ ކަމުގައެވެ. މިގޮތަށް ކަނޑައެޅުމަށްފަހު އެމީހުން ހައްޔަރުކޮށް ޖަލަށްލައި އަދި އެމީހުން އެމެރިކާއިން ބޭރުކޮށްލާނެ ކަމަށް ވެސް ޓްރަމްޕް ބުންޏެވެ.
ޓުރަމްޕަކީ އޭނާގެ ވެރިކަމުގައި މާތްވެގެންވާ ގުދުސްއަކީ އަކީ މުސްލިމުންގެ ތަނެއް ނޫން ކަމަށް ކަނޑައަޅައި އެތަނުގެ ބާރު ހިންގަން ޔަގޫދީންނަށް ދިނުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން އެތަނުގައި އެމެރިކާގެ އެމްބަސީ ހެދީވެސް ޓުރަމްޕެވެ.
ކުރީގެ ރައީސްގެ މިވާހަކަތަކުން ފަލަސްތީނު މުސްލިމުންނާއިމެދު އެމެރިކާގެޚާރިޖީ ސިޔާސަތުގެ ނުފޫޒާއި އަދި އެކަމުގެ ސަބަބުން ސަރަހައްދީ ހަމަޖެހުމަށް ކުރާނެ އަސަރުތައް ހާމަވެގެންދެއެވެ.



