މަސްތުވާ ތަކެއްޗާއި ގުޅިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ނަރުހެއްގެ މައްސަލަ ބަލަން ފަށައިފި އެވެ.
އެ ނަރުސްގެ އަތުން ފެނުނީ ކިހާ މިންވަރެއްގެ މަސްތުވާ ތަކެއްޗެއް ކަމާއި، އަދި އޭނާއަކީ މަސްތުވާ ތަކެތީގެ ނެޓްވޯކަކާއި ގުޅޭ މީހެއްކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިހާރަކަށް އައިސް އެކި ބާވަތްތަކުގެ މަސްތުވާ ތަކެތި ރާއްޖޭގައި އާންމުވެ ޕާޓީކުރުމުގެ ނަމުގައި ޒުވާން އަންހެންކުދިންގެ ތެރެއިން ފުދޭމިންވަރަކަށް އެތަކެތި ބޭނުންކުރާ މީހުން އުޅޭކަމަށް ވެއެވެ.
މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ކުރުމަށްޓަކައި ސަރުކާރުން ގިނަގުނަ ފިޔަވަޅުތައް އަޅަމުންދާއިރު، އެތެރެކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ސަރުކާރުން ވަނީ ހުށަހަޅާފައެވެ.



